Londongai vanakun mUslimunnah Hamalaadhin Meehaa Umurah Jalah
image
ޑަރެން އޮސްބޯން---
0 ކޮމެންޓް
 

ލަންޑަނުގައި ވޭނަކުން މުސްލިމުންނަށް ހަމަލާދިން މީހާ އުމުރަށް ޖަލަށް

ލަންޑަނުގެ އުތުރުގައި އޮންނަ ފިންސްބަރީ ޕާކުގައި ހުރި މިސްކިތުން ފޭބި މުސްލިމުންތަކެއްގެ ތެރެއަށް ވޭނެއް ދުވާފައި ގޮސް ވައްދައިގެން ހަމަލާދިން މީހާ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. dhi2
ޑަރެން އޮސްބޯން ދިން އެހަމަލާގައި މިސްކިތުން ފޭބި އެތައް ބަޔަކަށް އަނިޔާވި އިރު އުމުރުން 51 އަހަރުގެ މުކައްރަމު އަލީ ވަނީ މަރުވެފައެވެ.

މުކައްރަމު އަލީ މަރާލި ކަމަށް ބުނެ ކުރި ދައުވާއާއި މުސްލިމުންތަކެއްގެ ތެރެއަށް ވޭނުގައި ގޮސް ވަން މައްސަލާގައި 43 އަހަރުގެ ހުކުމެއް އިއްވާފައިވެއެވެ.

ޑަރެން އޮސްބޯންއަށް ހުކުމް އިއްވާފައިވާ އިރު އޭނާ މުސްލިމުންނަށް ހަމަލާ ދޭން ބޭނުން ކުރި ވޭނުގެ ތެރެއިން މުސްލިމުންނާ ދޭތެރޭ އޭނާ ނަފުރަތުު ކުރާ މިންވަރު ހާމަވާ ބައެއް ލިއުންތައް ވަނީ ފެނިފައެވެ.

އެ ހަމަލާގެ ކުރިން އޭނާ ލިޔެފައިވާ ނޯޓެއްގައި ޑެރެން ވަނީ މުސްލިމުންނަކީ ރޭޕު ކުރާ ބައެއް ކަމަށާއި ޖަނަވާރުންތަކެއް ކަމަށް ވެސް ބުނެފައެވެ.
ހިޔާލު