Sarukaarah Eheetherikan Emme Beynunvi Iru PGge Deputy Leader Siyaasee Kankamaa Dhurugai
image
މެމްބަރު ފަލާހު---
0 ކޮމެންޓް
 

ސަރުކާރަށް އެންމެ ބޭނުންވި އިރު ޕީޖީގެ ޑެޕިއުޓީ ލީޑަރު ސިޔާސީ ކަންކަމާ ދުރުގައި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހް ސިޔާސީ ދާއިރާއާއި ދުރުގައި ހުންނެވި ކަމަށް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރާއި ގުޅިގެން އޮންލައިން ނޫހެއްކަމަށްވާ "އަވަސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފަލާހް ވިދާޅުވީ މިވަގުތު ސިޔާސީ އެއްވެސް ކަމެއްގައި ނޫޅޭ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކެން ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.

" މިވަގުތު އެއްވެސް ސިޔާސީ ވާހަކައެއްގެ ތެރޭގައި ނުވަތަ ކަމެއްގެތެރޭގައި ނޫޅުއްވަން. މިވަގުތު މިހުރީ ޗުއްޓީއެއްގައި، އެކަމާއި ގުޅޭގޮތުން ކޮމެންޓެއް ދެވޭކަށް ނެތް." އަވަސް އާ ވާހަކަދައްކަމުން ފަލާހު ވިދާޅުވެއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ސިޔާސީ ކަންކަމާ ދުރުގައި ހުންނެވި ކަމަށް ވިދާޅުވި އިރު ފަލާހާއި ޕީޕީއެމާއި ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް ނަން ހާމަ ކުރަން ބޭނުން ނުވާ ޕީޕީއެމްގެ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.
ހިޔާލު