Shiyam aai Nawaaz Ethibee Baqaavaai Kohgen, Hayyarukurey: Nasheed
image
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
0 ކޮމެންޓް
 

ޝިޔާމް އާއި ނަވާޒް އެތިބީ ބަޤާވާތް ކޮށްގެން، ހައްޔަރުކުރޭ: ނަޝީދު

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް އާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، ޑެޕިއުޓި ކޮމިޝަނާ އަބްދުﷲ ނަވާޒް ތިއްބެވީ ބަގާވާތްކޮށްގެން ކަމަށް ވިދާޅުވެ ޝިޔާމް އާއި ނަވާޒް ހައްޔަރުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް ނަޝީދު އެކަމަށް ގޮވާލެއްވީ ރާއްޖެ ޓީވީއަށް ދެއްވި ބަސްތީ ގަތުމެއްގައެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް އަޒުލްކޮށްފާނެ ކަމުގެ ހަބަރު ފަތުރަމުންދާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރެދާނެ ކަމުގެ ތަސައްވަރެއް ވެސް ލިބިފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ރައީސް މަގާމުން ވަކިކުރުމަށް ކުރާ އެއްވެސް ކަމަކީ ސައްހަ ކަމަކަށް ނުވާނެކަން މިހާރު ސަލާމަތީ ބާރުތަކަށް އަންގާފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ގައުމު ކްރައިސިސް އަކަށް ދާން ދޫކޮށްލައިގެން ނުތިބޭނެ ކަމަށެވެ. އެ ބައްދަލުވުމުގައި ނަވާޒް ވިދާޅުވީ ފުލުހުން އަަމަލުކުރާނީ ބަންޑާރަ ނައިބު ދެއްވާ ލަފަޔަށް ކަމަށެވެ.
ހިޔާލު