Raees Vidhaalhuvee Uthama Fandiyaaraa Bahdhaluvi Kamah, Anil Vidhaalhuvee Nuvaa Kamah: Mariya
image
މާރިޔާ އަހުމަދު ދީދީ---
0 ކޮމެންޓް
 

ރައީސް ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ބައްދަލުވި ކަމަށް، އަނިލް ވިދާޅުވީ ނުވާކަމަށް: މާރިޔާ

ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރުގައިވާ ކަންކަމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި ވާހަކަ ދެކެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވި އިރު އެ އަމުރު ތަންފީޒު ނުކުރެވުނީ އުއްތަމަ ފަނޑިޔާރު ފޯނު ނުނަންގަވާތީ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވާ ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ އިއްޔެ ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވާފައެވެ.

ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށްގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ކައިރީގައި އިއްޔެ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދައުލަތަށް ވަގުތު ލިބެންޖެހޭ ކަމަށާއި އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. އަދި، އެ އަމުރުގައިވާ ކަންކަމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާ ވާހަކަ ދެކެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ އެ އަމުރު ތަންފީޒު ނުކުރެވުނީ އުއްތަމަ ފަނޑިޔާރު ފޯނު ނުނަންގަވާތީ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވާ ކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީއެމްގައި ވާހަކަ ދައްކަވަމުން އަނިލް އިއްޔެ ވިދާޅުވީ އުއްތަމަ ފަނޑިޔާރު ފޯނަށް ޖަވާބު ނުދެއްވާތީ ޕީޖީއަށްވެސް އަދި އޭޖީއަށްވެސް އުއްތަމަ ފަނޑިޔާރާއި ނުގުޅުނު ކަމުގައެވެ. އަދި ސްޕްރީމް ކޯޓްގެ އަމުރުގައި ހުރި ކަންކަމާއިމެދު މަޝްވަރާ ކުރުމަށް އުއްތަމަ ފަނޑިޔާރާއި ނުގުޅުމުން އަމުރު ތަންފީޒު ނުކުރެވުނު ކަމަށް އަނިލް ވިދާޅުވިއެވެ.
ހިޔާލު