Liverpool Aa Tottenham Ge Kurimathilun Ehvaru
image
0 ކޮމެންޓް
 

ލިވަޕޫލާއި ޓޮޓެންހަމްގެ ކުރިމަތިލުން އެއްވަރު

ރޭ ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޓޮޓެންހަމް ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެވެ. muni
މި ދެޓީމު ބައްދަލު ކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އެންމެ ތިން މިނެޓު ތެރޭގައި ލިވަޕޫލުގެ މުހައްމަދު ސަލާހުގެ ލަނޑާއެކު އެޓީމުގެ ވަނީ މެޗުގެ ބޮޑުބައިގައި ލީޑު ދަމަހައްޓާފައެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ވަންޔާމާގެ ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ.

މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު ވެސް އެޓީމަށް ޖަހައިދިނީ ސަލާހެވެ. ނަމަވެސް އޭގެ މާގިނައިރުތަކެއް ނުވަނީސް ލިބުނު ޕެނަލްޓީއަކުން މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ ހެރީ ކޭން އެވެ.

މި ނަތީޖާއާއި އެކު ކޮންމެ ޓީމަކަށް ޕޮއިންޓެއް ލިބުނުއިރު ލިވަޕޫލް އޮތީ ވާދަވެރި ޔުނައިޓެޑުގެ ފަހަތުން ތާވަލުގެ 3 ވަނާގައެވެ. އަދި ޓޮޓެންހަމް އޮތީ 5 ވަނާގައެވެ.
ހިޔާލު