Kulli Haalath Iulaan Kurumaaeku Maadhamaa Reyge Charity Shield Match Cancel Koffi
image
މިދިޔަ ސީޒަންގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ފޮޓޯ:---
0 ކޮމެންޓް
 

ކުއްލި ހާލަތު އިއުލާން ކުރުމާއިއެކު މާދަމާ ރޭގެ ޗެރިޓީ ޝީލްޑް މެޗު ކެންސަލްކޮށްފި

މިރޭ ދިވެހި ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމާއި އެކު ދިވެހި ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސީޒަން ފެށުމުގެ ކުރިން އިންތިޒާމް ކުރާ އެފް.އޭ ޗެރިޓީ ޝީލްޑް މެޗު ކެންސަލް ކޮށްފިއެވެ. dhi2
ދިވެހި ފުޓްބޯޅައިގެ މައި އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ހާލަތު އިއުލާން ކުރުމާއި ގުޅިގެން ދިވެހި ފުޓްބޯޅަ ސީޒަނުގެ އޮޕެނިން މެޗު ނުވަތު ޗެރިޓީ ޝީލްޑް މެޗު ކެންސަލް ކޮށްފައިވާ ކަމަށެވެ. މެޗު ކެންސަލް ކުރިކަން ހާމަ ކުރަމުން އެއިދާރާއިން ނެރުނު ބަޔާނުގައި މި މެޗު އަލުން ކުޅޭނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ޓީސީ ނުކުންނަން މީގެ ކުރިން ހަމަޖެހިފައި އޮތީ މާދަމާ ރޭ 9 ޖަހާއިރު ދިވެހި ގައުމީ ސްޓޭޑިއަމުގައެވެ. ނަމަވެސް މެޗު ކެންސަލް ވުމާއެކު ޓީސީއަށް ދެން ކުރިއަށް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނަ މެޗެވެ.
ހިޔާލު