Paradise Resort ah Salaamathee Baaruthaku Araifi
image
ޕެރަޑައިސް ރިސޯޓް
1 ކޮމެންޓް
 

ޕެރަޑައިސް ރިސޯޓަށް ސަލާމަތީ ބާރުތަކުން އަރައިފި

ވިލާ ބިލްޑިންގް އާއި ގާސިމް އިބްރާހިމްގެ ވިލާ އިން ހިންގާ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ސަލާމަތީ ބާރުތަކުން އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ވިލާ ބިލްޑިންގަށް ފުލުހުން ވަދެ ދަނީ ފާސްކުރަމުންނެވެ. އޭގެ އިތުރުން ޕެރަޑައިސް އައިލެންޑް ރިސޯޓުގައިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ، އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޕެރަޑައިސް ރިސޯޓުގައި، ސަލާމަތީ ބާރުތަކުގެ ގާތްގަނޑަކަށް 12 މީހުންގެ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ވިލާ ބިލްޑިންގެ އިމާރާތުގައި ވިލާގެ އެކި ހިދުމަތްތައް ދެމުން އަންނަ އެކުންފުނީގެ ގިނަ އޮފީސްތަކެއް ހުރެ އެވެ.

ފަނަރަ ދުވަހަށް، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމާއި ބަލާ ފާސް ކުރުމުގެ ބާރު ސަލާމަތީ ބާރުތަކަށް ލިބެއެވެ.

މީގެ ކުރިންވެސް ވިލާ ބިލްޑިންގް އާއި ވިލާގެ ރިސޯޓުތައް ބަލައިފާސްކޮށްފައިވެއެވެ.
ހިޔާލު

އެންޑަމަން އައިލޭންޑް

ޔާމީނުގެ އަސްލު ސޫރަ މިހާރު ރަނގަޅަށް މި ފެނި ހާމަވީ. އިކޮނޮމިސަޓޭ ކިޔައިގެން މި އުޅުނީ ފައިސާއިން އެހެން ކުޅިއެއް ކުޅުމަށް. އަދުލުގެ ނިޒާމޭ ގާނޫނޭ ކިޔައިގެން މިއުޅުނު އެތި ޖަންޖަލީ އުސޫލަށްވުރެ ނުބައި. އޭގައިވެސް ލޭގެ ގުޅުމާ ކުލުނުދިން އެއްގިންތީގެ އެތި ދަނޭ. މި ރައްޔިތުނާ މި ފަސްގަނޑަށް އޮންނާނެ ކުލުނެއް ދެން ވިސްނަމާ؟