Thailand ge Baazaarugai Kalhubila Mahuge Agu Dhashah
image
ބަޔަކު މަސްވެރިކަން ކުރަނީ--ފައިލް ފޮޓޯ
0 ކޮމެންޓް
 

ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގު ދަށަށް

ދިވެހިރާއްޖެއިން އެންމެ ގިނައިން ކަނޑުމަސް ބޭރުކުރާ އެއް ގައުމުކަމުގައިވާ ތައިލެންޑުގައި ކަޅުބިލަމަހުގެ އަގު ދަށަށް ހިނގައްޖެއެވެ.
ފިޝަރީޒް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތައިލެންޑް ބާޒާރުގައި ކަޅުބިލަމަހުގެ ޓަނެއް ލިބެންހުރި އަގު ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ދަށަށް ގޮސްފައެވެ.



ޖެނުއަރީ މަހުގެ ތެރޭގައި ކަޅުބިލަ މަހުގެ ޓަނެއް ލިބެންހުރި އަގު ވަނީ 1500 އެމެރިކާ ޑޮލަރަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަޅުބިލަމަހުގެ ޓަނެއްގެ އަގުހުރީ 2300 އެއްހާ އެމެރިކާ ޑޮލަރަށެވެ.

ފިނިކުރި ކަޅުބިލަމަހުގެ ކިލޯއެއް ރާއްޖެއިން މަސްގަންނަ ކުންފުނިތަކުން އާންމުގޮތެއްގަންނަނީ 20 ރުފިޔާއަށެވެ. އަދި ފިނިނުކުރާ ކަޅުބިލަމަހުގެ ކިލޯއެއް ގަންނަނީ 18 ރުފިޔާއަށެވެ.

ސްޕެއިންގެ މާކެޓުގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު މިދިޔަ ހަފްތާގައި ހުރީ 162.76 ރުފިޔާގައެވެ. ނަމަވެސް މިހަފުތާގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ވަނީ 164.15 ރުފިޔާއަށް އަރާފައެވެ.
ހިޔާލު