Source Code Leak Vefaivaa Kan Apple inn Yageenkohdheefi
image
އެޕަލް އައިފޯނެއް
0 ކޮމެންޓް
 

ސޯސް ކޯޑް ލީކުވެފައިވާ ކަން އެޕަލް އިން ޔަގީންކޮށްދީފި

އައިއޯއެސް މޯބައިލް އޮޕަރޭޓިންގް ސިސްޓަމްގެ ސޯސް ކޯޑުތަކެއް ލީކުވެފައިވާކަން އެޕަލް އިން ޔަގީންކޮށްދީފިއެވެ. Dhiraagu
އައިއޯއެސް 9 އޮޕަރޭޓިން ޕްލެޓްފޯމުގައި ބޭނުންކުރި ބޫޓް-އަޕް ސޯސް ކޯޑުތަކެއް ވަނީ އިންޓަނެޓްގައި ލީކުވެފައެވެ. ސޯސް ކޯޑުތައް، އާންމުކޮށްފައިވަނީ ދުނިޔޭގެ ލީޑިންގް ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްލެޓް ފޯމެއް ކަމުގައިވާ "ގިޓްހަބް" ގައެވެ.

އެޕަލްއިން އައިއޯއެސް ސޯސް ކޯޑްތައް ބަހައްޓަނީ ސިއްރެއްގެ ގޮތުގައެވެ. އެހެންކަމުން ލީކުވި ކޯޑްތައް ނެގުމަށް އެޕަލް އިން ވަނީ "ގިޓްގަބް"ގައި އެދިފައެވެ.

އެއާއެކު އެޕަލް އިން ވަނީ އޮޕަރޭޓިންގް ސިސްޓަމް އަޕްގްރޭޑްކޮށްފައި ބެހެއްޓުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އެޕަލް އިން މިހާރު ބޭނުންކުރަނީ އައިއޯއެސް 11 އެވެ.

އެޕަލް އިން ބުނި ގޮތުގައި އައިފޯނު ބޭނުންކުރާ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން މިހާރު ބޭނުންކުރަނީ އައިއޯއެސް 10 ނުވަތަ އެއަށްވުރެ ފަހުގެ އައިއޯއެސް އެވެ. އެ ޑިވައިސްތަކުގައި ލީކުވި ކޯޑު ނުހުންނާނެ ކަމަށް އެޕަލް އިން ބުނެއެވެ.
ހިޔާލު