Ali Hameedhge anbikanbalunnah ves Rishvathai Terrorismge Thuhumathu
image
ފަނޑިޔާރު އަލީ ހަމީދު---
3 ކޮމެންޓް
 

އަލީ ހަމީދުގެ އަނބިކަނބަލުންނަށް ވެސް ރިޝްވަތާއި ޓެރަރިޒަމުގެ ތުހުމަތު

ފުލުހުން ހައްޔަރުކޮށްފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތުމަތު ނާސިރާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ. kobadoctor
ބުދަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވާ ނާސިރާގެ މައްޗަށް ޖުމްލަ ހަތަރު ތުހުމަތެއް ކުރެއެވެ. އެއީ ޓެރަރިޒަމުގެ ކުށާއި ރިޝްވަތުގެ ކުށާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށާއި، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.

ފުލުހުން ވަނީ އަލީ ހަމީދުގެ އާއިލާއަށް ނިސްބަތްވާ އިތުރު ދެ މީހަކު ވެސް ހައްްޔަރުކޮށްފައެވެ.

ފުލުހުން ވަނީ އަލީ ހަމީދުގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަލީ ހަމީދަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ވެސް ރިޝްވަތު ނެގުމާއި ސަރުކާރު ވައްޓާލަން އުޅުން ވެސް ހިމެނެއެވެ.

އަލީ ހަމީދުގެ އިތުރުން އެ ތުހުމަތުތައް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަ ހަސަން ސައީދަށް ވެސް ކޮށްފައެވެ.
ހިޔާލު

މަމެން

އާޢިލާ ނުވައްދާ..... ތީގެހިތި ރަހަ ވަރަށް ހިތިވާނެ

މޫސަ

ހަޤީޤަތަކީ ހަމަ ހަޤީޤަތެވެ. ކުޑައިރު ކުޑަކުދިންނަށް ލިބޭ ހިތާމަތަކަކީ އެކުދިންގެ ކިބައިން ފެނިގެންދާނެކަންތައް ތަކެއްކަން ދިވެހި ޤަވްމު މިދަނީ ދެކެމުންނެވެ. ކުޑައިރު ތަނަވަސްކަމާއި މުއްސަދިކަމުގައި އުޅެންބޭނުންވި ކުއްޖަކު އެކަން ނުވެ ތިމާގެ އާއިލާގެ ލޯބި ނުލިބުނުކަމަށް ޤަބޫލްކުރެވުން ދެންވާނީ ގޭންގް މިކިޔާ ވައްތަރުގެ މީހަކަށެވެ. މީހުންނަށް އަނިޔާއެއް ދިނުމަކީ އުފަލެއްކަމުގައި ދެކޭނެއެވެ. ވައްކަން ކުރަން ބައެއްމީހުން ފަށަނީ މިހިސާބުންނެވެ. އެފަދަ މީހަކު އެންމެހާ މިސްތަކުންވެސް ދެކޭނީ ވަގުންގެ ގޮތުގައެވެ. އެއްވެސް އަމާނާތްތެރިއެއް ނުހުންނާނެކަމަށެވެ. އަމާނާތްތެރި ވުމުގެ ބަހެއް ބުނެލިޔަސް އެފަދަ މީހުން ދެކޭނީ ދުޝްމަނުންގެ ގޮތުގައެވެ. އާޚިރު ނަތީޖާއަކަށް ނުވިސްނާނެއެވެ. ކަހީނުން ދައްކާ ވާހަކަ ޤަބޫލޮކޮށް އެއީ އިލާހީ އިލްހާމްކަމަށްވެސް ދެކޭނެއެވެ. އަދި ޖިންނީންގެ ބާރު ހޯދާ އުޅޭނެއެވެ.

ފިރުޓޭ

މި ވާހަކަތަށް ކުރިންވެސް ރައީސް މީހަކު ދެއްކި ދޯ؟ އޭރު އެކަމަށް ދިނީ ބީރު ކަންފަތެއް! ދެން ވައި އެނބުރުނީމަ، މިހާރު ދެން ކޮން ވާހަކަ އެއް ދައްކާކަށް؟