Bengalore FC AFC Cup Match Ah Raajje Naumah India Inn Lafaadheefi
image
ބެންގަލޫރު އެފްސީއާ މާޒިޔާ ދިވެހި ދަނޑުގައި ބައްދަލު ކުރި މެޗެއްގެ ތެރެއިން ފޮޓޯ:---
3 ކޮމެންޓް
 

ބެންގަލޫރު ޓީމު އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނައުމަށް އިންޑިއާއިން ލަފާދީފި

އަންނަ އަނގާރު ދުވަހު އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅޭ މެޗަށް ރާއްޖެ ނައުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެދިއްޖެވެ. kobadoctor
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ އެކްސްޕްރެސްއިން ރިޕޯޓް ކުރާ ގޮތުގައި ރާއްޖޭގައި ނެރެފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ބުނެ ޓީމަށް ސިޓީއެއް ފޮނުވާފައެވެ. މި ސީޓީގައި ބުނެފައިވަނީ ގޮތުން މިވަގުތު ޓީމަށް އެންމެ ރަނގަޅު މަގެއްގެ ގޮތުގައި އެއިދާރާށް ފެންނަނީ އިންޑިއާއިން ނެރެފައިވާ ޓްރެވެލް އެޑްވައިސޮރީއަށް އަމަލުކޮށް މެޗު ކެންސަލް ކުރުމަށް ލަފާދޭ ކަމަށެވެ.

އިންޑިއާއިން އެގައުމުގެ ޓީމަށް ރާއްޖެ ނައުމަށް ލަފާދިން ކަމުގައި ވީނަމަވެސް އިއްޔެގެ ވަގުތެއްގައި އޭއެފްސީން ވަނީ ދިވެހި ސްކަރިއްޔާ އިން ދިން ޔަގީންކަމާ އެކު މެޗު ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ނިންމައިފަ އެވެ. މިކަމާއި ގުޅިގެން ދިވެހި ދިފާއީ ބާރުން ވަނީ މެޗު ކުރިއަށް ގެންދިއުމުގައި ހުރަހެއްނެތް ކަމަށް ބުނެ އޭއެފްސީއަށް ސިޓީއެއް ފޮނުވާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން މެޗާއި ގުޅުންހުރި ހުރިހާ ބައެއް އަދި ތަނެއްގެ ރައްކާތެރިކަން ކަށަވަރު ކޮށްދީފައެވެ.

ދިވެހި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވަނީ މެޗު ކުރިއަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައެވެ.
ހިޔާލު

މަމެން

ވ. ރަނގަޅު ނިންމުމެއް... މަގުމަތިއަމާންވިޔަސް ސިޔާސީއެންމެނާ އުއްތަންމަފަނޑިޔާރު ހިފާހައްޔަރުކުރާ ކުރުމަށް ތިބުނީ ނޫނެކޭ

ލައިން

ތިޔަ އިންޑިއާއަށްވުރެއް މާ އަމާންވާނެ މިހާރުވެސް މި ރާއްޖޭގެ މަގުމަތި

ލައިން

ތިޔަ އިންޑިއާއަށްވުރެއް މާ އަމާންވާނެ މިހާރުވެސް މި ރާއްޖޭގެ މަގުމަތި