Secret Superstar ah China in 100 Million Dollar
image
އާމިރު ހާން--
0 ކޮމެންޓް
 

ސީކްރެޓް ސުޕަސްޓާއަށް ޗައިނާއިން 100 މިލިއަން ޑޮލަރު

އަދްވައިތް ޗަންދަން ލިޔެ ޑައިރެކްޓުކޮށް ސިނަމާތަކަށް ނެރެފައިވާ ފިލުމު، ސީކްރެޓް ސްޕަސްޓާއަށް ޗައިނާއިން އެކަނިވެސް 100 މިލިއަން ޑޮލަރު ލިބިއްޖެއެވެ. dhi2
ޖެނުއަރީ މަހުގެ ތެރޭގައި އެފިލްމު ޗައިނާގެ ސިނަމާތަކުގައި އަޅުވާފައިވާއިރު، ފިލްމު އެޅުވިތާ ދެދުވަހުގެ ތެރޭގައި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އެގޮތުން ދެދުވަހުގެ ތެރޭގައި 10000000 ރުޕީސް ވަނީ އެފިލްމަށް ޗައިނާ އިން ލިބިފައެވެ.

ފިލްމުގައި ފެނިގެންދަނީ ލަވަ ކިޔަން ބޭނުންވާ 15 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތެވެ.

ސީކްރެޓް ސްޕަސްޓާއަކީ 2017 ވަނަ އަހަރުގެ ތެރޭގައި ނެރުނު މިއުޒިކަލް ޑްރާމާއެކެވެ. އެފިލްމުން އާމިރު ހާނާއި ޒައިރާ ވަސީމް، މެހެރް ވިޖް ގެ އިތުރުން ރާޖް އަރުޖުން ވަނީ ފެނިގެން ގޮސްފައެވެ. އަދި ފިލުމުގައި ބަތަލާގެ ރޯލު ކުޅެނީ އުމުރުން 16 އަހަރުގެ ޒައިރާ ވަސީމެވެ.

އާމިރު ހާނު ތަފާތު ގޮތަކަށް ފެނިގެންދާ އެފިލްމަށް ދެދުވަހުގެ ތެރޭގައި ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، އާމިރު ހާނުގެ ދަންގަލް ފިލްމަށް ވެސް ޗައިނާއިން ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން ޗައިނާއިން އެފިލްމަށް 200 މިލިއަން ޑޮލަރު ލިބިގެން ގޮސްފައިވެއެވެ.
ހިޔާލު