India Sarukaaruge Lafaa ah Beerukanfatheh Dhee Bengaluru FC Raajje Annanee
image
އިންޑިއާގެ ބެންގަލޫރު އެފްސީ ފޮޓޯ:---
3 ކޮމެންޓް
 

ސަރުކާރުގެ ލަފާއަށް ބީރު ކަންފަތެއް ދީ ބެންގަލޫރު އެފްސީ ރާއްޖެ އަންނަނީ

އިންޑިއާ ސަރަކުރާން ރާއްޖެއަށް ނައުމަށް ދިން ލަފާއަށް ބީރު ކަންފަތެއް ދީ އިންޑިއާގެ ބެންގަލޫރޫ އެފްސީން އަންނަ އަނގާރަ ދުވަހުގެ މެޗަށް ރާއްޖެއައުމަށް ފުރައިފިއެވެ. dhi2
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާސްއިން ޓީސީއާ ބައްދަލު ކުރާ މެޗަށް މާލެ ނުދިއުމަށް އިންޑިއާގެ ބެންގަލޫރު އެފް.ސީ އަށް ލަފާދީ ސިޓީއެއް ފޮނުވާފައިވީނަމަވެސް ޓީމާއި ގާތް މަސްދަރުތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި އެޓީމުން ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެއައުމަށް ދަތުރުފަށާފައެވެ. އެޓީމު ގޮވައިގެން އަންނަ ބޯޓު ރާއްޖެއަށް ޖެއްސުމަށް ހަޖެހިފައިވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 4:05 ގައެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ އެކްސްޕްރެސްއިން ރިޕޯޓް ކުރާ ގޮތުގައި ރާއްޖޭގައި ނެރެފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ބުނެ ޓީމަށް ސިޓީއެއް ފޮނުވާފައެވެ. މި ސީޓީގައި ބުނެފައިވަނީ ގޮތުން މިވަގުތު ޓީމަށް އެންމެ ރަނގަޅު މަގެއްގެ ގޮތުގައި އެއިދާރާށް ފެންނަނީ އިންޑިއާއިން ނެރެފައިވާ ޓްރެވެލް އެޑްވައިސޮރީއަށް އަމަލުކޮށް މެޗު ކެންސަލް ކުރުމަށް ލަފާދޭ ކަމަށެވެ.

އިންޑިއާއިން އެގައުމުގެ ޓީމަށް ރާއްޖެ ނައުމަށް ލަފާދިން ކަމުގައި ވީނަމަވެސް އިއްޔެގެ ވަގުތެއްގައި އޭއެފްސީން ވަނީ ދިވެހި ސްކަރިއްޔާ އިން ދިން ޔަގީންކަމާ އެކު މެޗު ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ނިންމައިފަ އެވެ. މިކަމާއި ގުޅިގެން ދިވެހި ދިފާއީ ބާރުން ވަނީ މެޗު ކުރިއަށް ގެންދިއުމުގައި ހުރަހެއްނެތް ކަމަށް ބުނެ އޭއެފްސީއަށް ސިޓީއެއް ފޮނުވާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން މެޗާއި ގުޅުންހުރި ހުރިހާ ބައެއް އަދި ތަނެއްގެ ރައްކާތެރިކަން ކަށަވަރު ކޮށްދީފައެވެ.

ހިޔާލު

އަހުމަދު

އޭ އެފް ސީ މެޗް ކުޅެން އކޭ. ޗެރިޓީ މެޗް އަމިއްލަ ޤައުމުގައި ކަމަކު ނުދޭ....ކަޑަދޯ

ރީލޯޑް

މަހޭ ކިހިނެއްތިޔަހެދީ

އަހަ

އަމިއްލަ ޤައުމުގެ މީހުންވެސް ސަރުކާރަށް އެދިނީ ބީރު ކަންފަތެއް ..