Siyad Gasim ge mahchah kuranee sarukaaru vattalan ulhunu kamuge thuhumathu
image
ސިޔާދު
1 ކޮމެންޓް
 

ސިޔާދު ގާސިމްގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު

ފުލުހުން ހައްޔަރުކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ކުރަނީ ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސިޔާދު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ސިޔާދު ހައްޔަރުކޮށްފައިވަނީ ވިލާހައުސް ފާސްކުރުމަށް ފަހު، މިމަހުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް ސިޔާދު ހައްޔަރުކޮށްފައިވަނީ ކޮން ތުހުމަތެއްގައި ކަމެއް މިހާތަނަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ސިޔާދު ހައްޔަރު ކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނިއިރު، ސަރުކާރު ވައްޓާލަން އުޅުނީ ބަޣާވާތަކުން ކަމަށާއި އެކަމުގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމްއިންވަނީ ބުނެފައެވެ،
ހިޔާލު

ކަކާ

މިފަހަރު އިދިކޮޅަށް ވޯޓުލާ އެންމެން ދާނީ ޖަލަށެވެ. އެއީ ގާނޫނީ ސަރުކާރު ވައްޓަން އުޅުމުގެ ކުށުގައެވެ.