Dhiraagu ge Hishaadhaarunnah 897 Million Ruffiya Bahan Hushahalhanee
image
ދިރާގު--ފައިލް ފޮޓޯ
1 ކޮމެންޓް
 

ދިރާގުގެ ހިއްސާދާރުންނަށް 897 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ

މިދިޔަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 897.56 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. muni
އެއީ ކޮންމެ ހިއްސާއަކަށް 11.81 ރުފިޔާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައިވަނީ އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 452.96 މިލިއަން ރުފިޔާ (ހިއްސާއަކަށް 5.96 ރުފިޔާ) އަދި މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 444.6 މިލިއަން ރުފިޔާ (ހިއްސާއަކަށް 5.85 ރުފިޔާ) ކަމަށެވެ.

މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ އިއުލާނުކުރާ "ބުކް ކްލޯޝަރ ޑޭޓް" ގައި ކުންފުނީގެ ރަޖިސްޓަރީގައިވާ ހިއްސާދާރުންގެ މެދުގައި ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގުން ވަނީ ބައެއް އާ ހިދުމަތްތަކާއި އާ ޕްރީޕެއިޑް ޕެކޭޖްތަކެއް ތައާރަފުކޮށްފައެވެ.

އެ ގޮތުން ދިރާގުން ވަނީ "މަމެން" ގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗްކޮށްފައެވެ. އޭގެ އިތުރުން ދިރާގުގެ ޑިޖިޓަލް ވޮލެޓް "ދިރާގު ޕޭ" ވަނީ ތައާރަފުކޮށްފައެވެ.
ހިޔާލު

ކަލޯ

ހިއްސާއެއްގެ މޫނުމަތޯ އަގު ކިހާވަރެއް.