Turkey ge Hypno Energy Drink Raajje ah!
image
1 ކޮމެންޓް
 

ޔޫރަޕްގެ ހިޕްނޯ އެނާޖީ ޑްރިންކް ރާއްޖެއަށް!

ޔޫރަޕްގެ އެނާޖީ ޑްރިންކެއް ކަމުގައިވާ ހިޕްނޯ އެނާޖީ ޑްރިންކް ރާއްޖެއަށް ތައާރަފުކޮށްފިއެވެ. muni
ތުރުކީގެ ބަރަން ފުޑްސް ގެ އުފެއްދުމެއް ކަމުގައިވާ ހިޕްނޯ އެނާޖީ ޑްރިންކަކީ ކޮލިޓީ އިންގްރީޑިއަންސް ބޭނުންކޮށްގެން އުފައްދާފައިވާ އެނާޖީ ޑްރިންކްއެކެވެ. އެއާއެކު ހިޕްނޯ އެނާޖީ ޑްރިންކަށް ވަނީ ޓްރިޕަލް އޭ ގްރޭޑް ލިބިފައެވެ.

"ހިޕްނޯ އެނާޖީ ޑްރިންކްގެ ހުންނާނީ 250 އެމްއެލްގެ ދަޅު. ކޭހެއްގައި 24 ދަޅު ހުންނާނެ." ހިޕްނޯ އެނާޖީ ޑްރިންކްގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ކަނެކްޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. ނަމަވެސް ހާއްސަ ރިކުއެސްޓްތަކަށް 500 އެމްއެލްގެ ދަޅު ފޯރުކޮށްދޭނެ ކަމަށް ކަނެކްޓް އިންޓަނޭޝަނަލް އިން ބުނެއެވެ.

ހިޕްނޯ އެނާޖީ ޑްރިންކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ހަލާލު ސްޑޭންޑަޑް އެނާޖީ ޑްރިންކެއް ކަމަށް ކަނެކްޓް އިންޓަނޭޝަނަލް އިން ބުނެއެވެ.

އޭޝިޔާގެ އިތުރުން ޔޫރަޕް، އެމެރިކާ އަދި އެފްރިކާގެ ގައުމުތަކުގައިވެސް މަގުބޫލުކަން ހޯދާފައިވާ ހިޕްނޯ އެނާޖީ ޑްރިންކް ހެޔޮ އަގެއްގައި ރާއްޖެއިން ލިބެން ހުންނާނެ ކަމަށް ކަނެކްޓް އިންޓަނޭޝަނަލް އިން ބުނެއެވެ.
ހިޔާލު

އެނާޖީ

އެނާޖީ ޑްރިންކަކީ ސިއްހަތަށް ގެއްލުންވާ އެއްޗެއްކަމާ، އެނާޖީ ޑްރިންކް ބުއިމުގެ ސަބަބުން ޒުވާން އުމުރުގައި ހިތުގެ މައްސަލަތަކާ އެހެން ސިއްހީ މައްސަލަތައް ދިވެހިންގެތެރޭ އާއްމުވެފައިވާކަން އެގި ތިބެ ވީއެފްޕީއިން އެނާޖީ ޑްރިންކް މަޝްހޫރުކުރަނީ ކިހާވަރެއް ލިބޭތީ؟