6 Vana MarryBrown Tennis Championship Fashaifi
image
މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
0 ކޮމެންޓް
 

6 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފިއެވެ. Dhiraagu
މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު ފެށި މުބާރާތް އިފްތިތާހް ކޮށްދެއްވީ އެކްޓިން ސްޕޯޓްސް ކޮމިޝަނަރު އިބްރާހިމް އިސްމާއީލެވެ. މިމުބާރާތުގައި ތަފާތު އުމުރު ފުރައިގެ ދެ ޖިންސްގެ ކުޅުންތެރިން ފެިގެންދާއިރު 8 ފެބްރުއަރީ އިން 20 ފެބްރުއަރީ 2018 އަށް ކުރިއަށްދާ މި މުބާރަތުގައި ޖުމްލަ 95 ކުޅުންތެރިން ބައިވެރި ވެއެވެ. އެއީ 51 ފިރިހެން ކުޅުންތެރިންނާއި 44 އަންހެން ކުޅުންތެރިންނެވެ.

ލިލީ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑް އިން ސްޕޮންސަރ ކޮށްގެން ބާއްވަމުން އަންނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް ފެށިފައިވަނީ 2013 ވަނަ އަހަރުގައެވެ. މިއީ އެ ކުންފުނީގެ ސްޕޮންސާގެ ދަށުން ސްޕޮންސަރު ކޮށްގެން ބާއްވާ ހަވަނަ ޓެނިސް ޗެމްޕިއަންޝިވެ.

1 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް ގެ ނަމުގައި އޮކްޓޯބަރ 2013 ގައި ބޭއްވުނު މުބާރާތް ވެގެން ދިޔައީ ވަރަށް ކާމިޔާބު މުބާރާތަކަށެވެ. އެއަށްފަހު ޖޫން 2014 ގައި 2 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް ބޭއްވުނެވެ. މި މުބާރާތުގެ ސަބަބުން އުމުރުފުރާތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެ އެކުދިންގެ ކުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރި ވެދިނެވެ. އަދި ޓެނިހުގެ މަޤްބޫލުކަން އިތުރުވެ މެރީބްރައުން ރެސްޓައުރެންޓް އިސްތިހާރު ކުރުމަށް އެހީއަކަށް ވެގެންދިޔައެެވެ.



ހިޔާލު