Iraq Alun aaraasthu kurumah 88 billion dollar!
image
1 ކޮމެންޓް
 

އިރާގު އަލުން އާރާސްތު ކުރުމަށް 88 ބިލިއަން އެމެރިކާ ޑޮލަރު!

އިރާގުގައި އައިއެސްއިން ކުރި ހަނގުރާމައަށްފަހު ގައުމު އަލުން އާރާސްތުކުރުމަށް 88 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އިރާގުން ބުނެފިއެވެ. dhi2
އިރާގު އަލުން އާރާސްތުކުރުމާއި ގުޅޭ ގޮތުން ކުވެއިތުގައި ކުރިއަށްދާ އިންޓަނޭޝަނަލް ޑޯނާސް ކޮންފަރެންސްގައި، އިރާގު އަލުން އާރާސްތު ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ތިން އަހަރަށް ދެމިގެން ދިޔަ ހަނގުރާމައިގައި ގައުމުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ.

އައިއެސްއާއެކު ކުރި ހަނގުރާމައިން ކާމިޔާބުވެފައިވާ ކަން އިރާގުން އިއުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ގައުމު އަލުން އާރާސްތު ކުރާއިރު ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކުގެ އިތުރުން މަގުތައް މަރާމާތުކުރުމަށް އިރާގު ސަރުކާރުން ހާއްސަ އަހަމިއްޔަތު ކަމެއް ދޭނެއެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ.
ހިޔާލު

ރާއިޒް

މިހާރު އިރާޤު މީހުން ހިތައް އަރާނެ ސައްދާމުގެ ވެރިކަން މާ ރަނގަޅޭ.