Rishvathuge Faisaa ah Properties Gathumah Uthama Fandiyaaru Dhathuru Kurevhi: Fuluhun
image
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
9 ކޮމެންޓް
 

ރިޝްވަތުގެ ފައިސާއަށް ޕްރޮޕަޓީސް ގަތުމަށް އުއްތަމަ ފަނޑިޔާރު ދަތުރުކުރެއްވި: ފުލުހުން

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން ރާއްޖޭން ބޭރުން އަގު ބޮޑެތި ޕްރޮޕަޓީސް ގަތުމަށް ދަތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. muni
މިއަދު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖާއިޒް މަގްސަދެއް ހިމެނޭ ގޮތަށް ދިން ކަމަށް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރުގެ އެއް ބެނިފެޝަރީ އަކީ އަބްދުﷲ ސައީދުކަން ފުލުހުންނަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.

"ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން އަލްއުސްތާޒް އަބްދުﷲ ސައީދު ރާއްޖޭން ބޭރުން އަގުބޮޑެތި މުދާ އަދި ޕްރޮޕަޓީސް ގަތުމަށް އެތަންތަނަށް ބަލަން ދަތުރުކޮށް، އެތަންތަނަށް ޒިޔާރަތްކޮށް މިކަންކަމުގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ނުވަތަ ޑޮކިއުމަންޓް އެވިޑަންސް އަޅުގަނޑުމެންނަށް ވަނީ ލިބިފަ" ޝިފާން ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސް އެޅުމަށް، ސުޕްރީމް ކޯޓުގެ އައިޓީ ވިއުގަ ހުއްޓޫމަކަށް ގެނައުމަށް މަސައްކަތް ކޮށްފައިވަނީ ސީދާ އަބްދުﷲ ސައީދުގެ އަމުރަށް ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހުއެވެ.
ހިޔާލު

ސީލާ

މިހާރު ތި ފުލުހުން ދައްކާވާހަކަ މޮޔައިންވެސް ގަބޫލުނުކުރާނެ

ކޮލެޖް ބޯއީ

އަހަރެންގެ އިންޓެލް އިން އެނގިފައި އޮތީ، ފުލުހުން ސުޕްރީމް ކޯޓުތެރެއަށް ގަދަކަމުން ވަދެގަތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެތަނުގެ އައިޓީ ވިއުގަ އަށް ނުފޫޒު ފޯރުވާފާނެތީ އެކަން ހުއްޓުވަންކަމަށް.

ދިވެހި

ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ ގެއިން ފިސްތޯލައެއްވެސް ފެނުނު ކަމަށްވެސް ފުލުހުން ބުނި. އެކަމަކު އަސްލު އެއީ ކަނޑައެޅިގެން ދޮގެއްކަން މިހާރު ދިވެހި އެންމެހާ ރައްޔިތުންނަށް އެނގޭ. އެވެސް ފުލުހުން ހިންގި ޖަރީމާއެއްކަންވެސް އެގޭ. ފަނޑިޔާރުންނޭ ކިޔައިގެން މިހާރު މި ހިންގަނީވެސް ހަމަ ޖަރީމާ. ފަނޑިޔާރުންނާ ޒައީމް މައުމޫނުވެސް އެވަނީ ނާޒިމް ގޮތަށް ފްރޭމް ކޮށްފަކަން އެންމެންނަށްވެސް އެނގޭ.

ކަލޯ

ކަލޯ ކޮމެންޓް ތިކުރަނީ އެކަކުކަން މަވެސް ދެނަހުރިން..ހިނދުކޮޅުގަ ދެއްތޯ!

މޫސަބެ

ކަލޯ މަ ހީކޮށްގެން މިއުޅެނީ ފުލުހުންނަކީ ވަރަށް ގަޓް ހުންނަ އިންސާފުންކަންކަން ކުރަން ކެރޭވަރުގެ ބައެއްކަމަށް. އެކަމަކު މިހާރު ވަރަށް ބޮޑަށް މަށަށް ޔަގީންވެއްޖެ އެވެރިންގެ އެގަޓް ނެތްކަމަށް. ގަޓް ހުރި ނަމަ ރޯމާ ދުވާލު މުއްސަނިދިވި މީހުންގެ މައްސަލަތައް ބަލާނެދޯ. އެ މައްސަލަތަކާއެކު އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބެލި ނަމަ ފުލުހުންގެ ގަޓް ހުރިވަރު ރައްޔިތުންނަށް އެނގޭނީ

ގަޓް

ކަލޯ ނަހަލާލު ފައިސާ އަށް ގަނެފައިވާ ތަންތަނާއި ކުރާކަންކަން ފުލުހުންނަން ނުފެންނަނީތަ. މީހާ އަށް ނުބައްދަލު މުއްސަނދިކަން ލިބޭއިރު ފުލުހުން ތިބެނީ ކީއްވެފައި. ކިހާ ދެރަކަމެއް ދޯ.

ގައުމު

ކަލޯ ކީއްކުރާނީ ފުލުހުންގެ ވެރިންނަނަށް ވެސް މި ޖެހެނީ އެއް ހާލެއްދޯ. އެމީހުންގެ ހިތްވަރާއި އަޒުމު ވަރުގަދަނުވާތީ ހިތާމަކުރަން. މަ ހީކުރަނީ ޔުނީފޯމުގެ އަގަށްޓަކައި ނަމަވެސް ފުލުހުންގެ ކުރިމަތީގައި ސަރުކާރުގެ އިސްވެރިއެއް ނިކަމެތި ރައްޔިތަކު ތަފާތުނުކޮށް ހިދުމަތްދީ އަމަލުތައް އެއް ހަމައަކުން ބަހައްޓާނެކަމަށް. އެކަމަކު އެހެން ނޫން ދޯ މި ހިނގަނީއަކީ

ކެޔޮޅު

މިއީވެސް ވާ ގައުމެއް. ހިތާމަ އަކީ ފުލުހުންގެ ހިދުމަތް ދިނުމަށް ފާސްކޮށްފައިވާ ގާނޫނުގައި ބުނާ މިންތަކާއި ހަމަތަކުގެމަތިން ފުލުހުންގެ ހިދުމަތް ނުދެވުން. އެ ގާނޫނުގައި ބުނާ މިންތަކާއިހަމަތަކުގެމަތިން ފުލުހުންގެ ހިދުމަތް ދެވޭވަރުގެ ލީޑަޝިޕެއް ފުލުހުންގެ ހިދުމަތަށް ލިބުމަކީ މަގޭގެ ވަރަށް ބޮޑު އެދުމެއް.

ގައުމާއި ދީނަށްޓަކައި

ކަލޯ ފުލުހުން މިކިޔާ އެއްޗެއް ގަބޫލްކުރާނީ ކިހިނެއް. އެތަނަކީ ސިޔާސީ ޖަގަހައެއް ކަހަލަ ތަނެއްހެން މިހާރު ހީވަނީ. ފުލުހުންގެ މަސައްކަތް ހުންނަގޮތުން ވަރަށް ބޮޑަށް ޝައްކުކުރެވޭގޮތަކަށް ކަންކަން ހިނގަނީ ވަރަށް ދެރަވޭ. އެކަމަކު ކީއްކުރާނީ އުއްމީދު ކުރަނީ ފުލުހުންގެ ހިދުމަތް ނަޖާހަތްތެރިކަމުގެ ތެރޭގައި ހިންގާނެ ދުވަހެއް އަދި އަންނާނެކަމަށް