Raajje ai Bangladesh meeheh ge athun gina adhadheh ge masthuva thakethi athulaifi
image
ރާއްޖެއައި ބަގުލަދޭޝް މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިފި
0 ކޮމެންޓް
 

ރާއްޖެއައި ބަގުލަދޭޝް މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިފި

މި މަހު 10 ވަނަ ދުވަހު ރާއްޖެއަށް އައި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިފިއެވެ. Dhiraagu
ކަސްޓަމްސްއިން ބުނީ އެމީހާގެ އަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގުޅަތަކެއް ރައްކާކޮށްފައިހުރި ފުޅިތަކެއް ފެނުނު ކަމުގައެވެ.

މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިފުޅިތަކުގައި ޖުމްލަ 302 އެމްފެޓަމައިން ގުޅަ ރައްކާކުރެވިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މަސްތުވާ ތަކެއްޗާއި އެކު އެމީހާ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ހިޔާލު