Furathama mahu MIRA ah 2.2 Bln Ruffiya ge aamdhanee eh libijje
image
މީރާ
3 ކޮމެންޓް
 

ފުރަތަމަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މި އަހަރުގެ ޖަނަވަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. dhi2
މީރާއިންބުނީ މިއީ 2018 ވަނަ އަހަރު ޖަނަވަރީގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ %10.7 އިތުރު އަދަދެއް ކަމަށާއި ޖަނަވަރީ 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ ކަމަށްވެސް މީރާއިން ބުނެއެވެ.

ބީޕީޓީގެ ގޮތުގައި ޖަނަވަރީ މަހު 872.07 މިލިއަން ރުފިޔާ ލިބިފައިވާއިރު ޖީ.އެސް.ޓީގެ ގޮތުގައި 825.02 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 102.52 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 79.37 މިލިއަން ރުފިޔާ ލިބިފައިވާއިރު ލޭންޑް އެކިއުސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 69.51 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީ ގެ ގޮތުގައި ޖަނަވަރީ މަހު 243.37 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާއިންވަނީ ބުނެފައެވެ.

2017 ވަނަ އަހަރު ޖަނަވަރީ މަހުގައި ވެސް މީރާއަށް ވަނީ 2.2 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފައެވެ.
ހިޔާލު

ސަރުކާރު

ހުރިހާ ޓެކްސް މަށަށް ދީބަލަ އޭރުން ހަމަ ތިވަރަށް މަށަށްވެސް އާމްދަނީ ލިބޭނެ ދެން ދައްކާ ވާހަކަދޯ

ޖަވާބު

މި އަނިޔާވެރި ސަރުކާރު ޖަވާބުދާރީ ކުރުވައި ޤާނޫނީ އިމުގެ ތެރެއަށް ވައްދަން ބޭނުންނަމަ ޓެކްސް ދައްކާފަރާތްތަކުން ޓެކްސް ދެއްކުން ހުއްޓާލުމުން ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ޢަމަލްތައް ހުއްޓާލައި ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ބާރަކަށްވެގންދާނެއެވެ.

ފޯލި

އަވަހަށް ފައިސާކޮޅު މެމްބަރުން ގަތުމަށް ބަހާލާ