Raees Yameen Promote kuraa gina twitter account thakeh suspend koffi
image
ރައީސް ޔާމީން އަދި އަނބިކަނބަލުން: ފައިލް ފޮޓޯ
2 ކޮމެންޓް
 

ރައީސް ޔާމީން ޕްރޮމޯޓްކުރާ ގިނަ ޓްވިޓަރ އެކައުންޓްތަކެއް ސަސްޕެންޑް ކޮށްފި

ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޔާމީނު ޕްރޮމޯޓްކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ޓްވިޓަރ އެކައުންޓް ޓްވިޓަރ އިން ސަސްޕެންޑް ކޮށްފިއެވެ. muni
ޓްވިޓަރއިން ސަސްޕެންޑްކުރި އެކައުންޓްގެ ތެރޭގައި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވިޓަރ އެކައުންޓްވެސް ހިމެނެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ބައެއް ޓްވިޓަރ އެކައުންޓްތަކާއި ރައީސް ޔާމީން ޕްރޮމޯޓްކުރާ ޕީޕީއެމްގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންގެ ޓްވިޓަރ އެކައުންޓްތައްވެސް ޓްވިޓައިންވަނީ ސަސްޕެންޑް ކޮށްފައެވެ.

އޭގެ ތެރޭގައި އަސުރުމާ ޓްވިޓަރ އެކައުންޓާއި އަމާޒޭ ޔަގީން ޓްވިޓަރ އެކައުންޓްވެސް ޓްވިޓަރ އެކައުންޓްވެސް ޓްވިޓައިއިންވަނީ ސަސްޕެންޑް ކޮށްފައެވެ.

ޓްވިޓަރއިން އެ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވަނީ MaldivesInCrisis# ހޭޝްޓެގް ބޭނުންކޮށް ރާއްޖޭގެ ހާލަތު އޮޅުވާލާ ދޮގު މައުލޫމާތު އާއްމުކުރާ ކަމަށް ބުނެއެވެ.ހިޔާލު

ހަސަނު

ތިވާނީ ޝަހީބް ކުރިކަމަކަށް، އެކަލޭގެ އަބަދުވެސް އުޅޭނީ ތަންތަން ބަންދުނުކުރެވިގެން، ބުލޮކު ނުކުރެވިގެން، ސަސްޕެންޑް ނުކުރެވިގެން. މިކަމަކީ އޭނާގެ ކޮންމެދުވަހެއްގެ ކެއުންހެން ހީވަނީ.

ބެއްޔާ

ޕީޕީއެމްގެ އެކައުންޓް ތައް ސަސްޕެންޑް ކުރެވުނީ ބައިނަލް އަޤްވާމީ ޖަމާއަތްތަކަށް ދޮގު މައުލޫމާތު ދީ އިންޒާރު ކުރާތީ! ދެން އެންމެ އަވަހަށް އިވޭނެ އަޑެކީ މިޤައުމުގެ އިސް ވެރިންގެ ބޭންކް އެކައުންޓްތައް ފުރީޒް ކުރާ ހަބަރު! އީޔޫގެ ސަމިޓައްފަހު މިކަމާ ގޮތެއް ކަނޑައަޅާނެ ކަމަށް ވަނީ!