Raees Maumoon ge aburah araa faraaiythakai medhu dhauva kureveyne: Vakeel
image
ރައީސް މައުމޫނު
2 ކޮމެންޓް
 

ރައީސް މައުމޫނުގެ އަބުރަށް އަރާ ފަރާތްތަކާއި މެދު ދައުވާ ކުރެވޭނެ: ވަކީލު

ރައީސް މައުމޫނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ ރައީސް މައުމޫނުގެ އަބުރަށް އަރާފަރާތްތަކާއި މެދު ދައުވާ ކުރެވޭނެކަމަށް ރައީސް މައުމޫނުގެ ވަކީލުން ވިދާޅުވެއްޖެއެވެ. dhi2
ރައީސް މައުމޫނުގެ ގާނޫނީ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ރައީސް މައުމޫނާއި ބެހޭގޮތުން ގޮދު މައުލޫމާތު ފަތުރަނީ ފުލުހުންކަމަށް ވީ ނަމަވެސް އެފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމުގައެވެ.

މީގެ އިތުރުން ހައްޔަރުކޮށް ބަންދު ކުރެވިފައިވީ ނަމަވެސް ރައީސް މައުމޫނު ހުންނެވީ ސާބިތުކަންމަތީ ކަމަށާއި ރައީސް މައުމޫނާއިމެދު ކުރެވެނީ ދޮގު ތުހުމަތުތަކެއްކަމަށް ރައީސް މައުމޫނު ވިދާޅުވިކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު ރައީސް މައުމޫނު ހައްޔަރުކޮށްފައިވާއިރު ރައީސް މައުމޫނުގެ މައްޗަށްވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ސަލަމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތުވެސް ރައީސް މައުމޫނުގެ މައްޗަށްވަނީ ކޮށްފައެވެ.

ރައީސް މައުމޫނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މައުމޫނު ހަމީދު ވިދާޅުވީ ރައީސް މައުމޫނާއި މެދު ފުލުހުން ހަދަމުންދަނީ ދޮގު ކަމުގައެވެ. އެގޮތުން ރައީސް މައުމޫނު ތަހުގީގަށް އެއްބާރުކުން ނުދޭކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެއީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއްކަމަށް މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ހަމީދު ވިދާޅުވީ ހައްޔަރުކޮށްފައިވާ ރައީސް މައުމޫމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން އަހުމަދު ނަދީމުއާއި ތަހުގީގަށް ފުލުހުން މިހާތަނަށް އެއްވެސް ސުވާލެއްވެސް ކޮށްފައި ނުވާ ކަމުގައެވެ.

މީގެ އިތުރުން ރައީސް މައުމޫނާއި އާއިލާ އަދި އެހެން ބޭފުޅުންވެސް ހައްޔަރުކޮށްގެން ގެންގުޅެނީ ރައީސް މައުމޫނު ދެކެ މިސަރުކާރުން ގަންނަ ބިރެއްގެ ސަބަބުންކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
ހިޔާލު

ސަމްސު

30 އަހަރުގެ ވެރިކަމުގެ ރަހަ އަރުތެރެއިން ފިލާނީ ލައްކަ ދުވަހުން އެކަން އަދިވެސް އެއުޅެނީ

އަޙްމަދް

ކޮންތާކު ތިޖެހުނީ!
އަބުރުގެ ޤާނޫނު ކަމުނޮގޮސްގެން އުޅުމީހިން މިހާރު ތިބުނަނީ އަބުރުގެ ޤާނޫގެ ބޭނުން ހިފާވާހަކަ!؟
ތީ ވާވަރަކީ.