Twitter account thah Suspend kuree hajam nuvegen: PPM
image
އަލީ އާރިފް
2 ކޮމެންޓް
 

އެކައުންޓްތައް ސަސްޕެންޑްކުރީ ހަޖަމް ނުވެގެން: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޔާމީނު ޕްރޮމޯޓްކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ޓްވިޓަރ އެކައުންޓް ޓްވިޓަރ އިން ސަސްޕެންޑް ކޮށްފައިވަނީ ހަމަޖަމް ނުވެގެން ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. muni
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑްކުރީ ޕީޕީއެމްއިން ރާއްޖޭގެ ހަގީގީ ހާލަތު ހާމަކޮށްދޭތީ އާއި ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވެގެން ކަމުގައެވެ.

މީގެ އިތުރުން ޕީޕީއެމްއަށް ނިސްބަތްވާ ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވަނީ ލަންކާގެ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ.

ޓްވިޓަރއިން ސަސްޕެންޑްކުރި އެކައުންޓްގެ ތެރޭގައި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވިޓަރ އެކައުންޓްވެސް ހިމެނެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ބައެއް ޓްވިޓަރ އެކައުންޓްތަކާއި ރައީސް ޔާމީން ޕްރޮމޯޓްކުރާ ޕީޕީއެމްގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންގެ ޓްވިޓަރ އެކައުންޓްތައްވެސް ޓްވިޓައިންވަނީ ސަސްޕެންޑް ކޮށްފައެވެ.

އޭގެ ތެރޭގައި އަސުރުމާ ޓްވިޓަރ އެކައުންޓާއި އަމާޒޭ ޔަގީން ޓްވިޓަރ އެކައުންޓްވެސް ޓްވިޓަރ އެކައުންޓްވެސް ޓްވިޓައިއިންވަނީ ސަސްޕެންޑް ކޮށްފައެވެ.

ޓްވިޓަރއިން އެ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވަނީ MaldivesInCrisis# ހޭޝްޓެގް ބޭނުންކޮށް ރާއްޖޭގެ ހާލަތު އޮޅުވާލާ ދޮގު މައުލޫމާތު އާއްމުކުރާ ކަމަށް ބުނެއެވެ.
ހިޔާލު

އަލީ

ދެންހަޖަމު ކޮއްލައިގެން އަނގަފުޅާނުކޮއް ހުންނަވާ ދާދެއަވަހައް މިވެރިކަން ނިމޭނެ އެދުވަހަކުން އޮތީޖަލުގޮޅި ގާނޫނާ ގަވައިދާހިލާފައް ހޯދާފަހުރި ފުލެޓާ ތަންތަން އަތުލުމައްފަހު ހުކުންކުރާނެ

ބެއްޔާ

ޕީޕީއެމްގެ ޓުއިޓަރ އެކައުންޓްތައް ސަސްޕެންޑްކުރެވުނީ ބައިނަލް އަޤްވާމީ ޖަމާއަތް ތަކަށް
އިންޒާރުދީ ބިރުދައްކާތީ!އަދި ކުރިއަށް އޮތީ މިޤައުމުގެ އިސްވެރިންގެ ބޭންކް އެކައުންޓްތައް ފުރީޒް ކުރުން. އީޔޫގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު އެކަމާ ގޮތެއް ނިންމާނެ! އޭރުން ތިބޭނީ ރަގަޅަށް ރާކަނި މަސްކެވިފަ!