10 gbps ge Internet Test kohfi
image
0 ކޮމެންޓް
 

10 ޖީބީޕީއެސްގެ އިންޓަނެޓް ޓެސްޓުކޮށްފި

އިނގިރޭސި ވިލާތުގައި، 10 ޖީބީޕީއެސްގެ ބްރޯޑްބޭންޑްގެ އިންޓަނެޓް ޓެސްޓުކޮށްފިއެވެ. Dhiraagu
ބްްރޯޑްބޭންޑް 10 ޖީބީޕީއެސް ޓެސްޓުކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ލަންޑަންގައެވެ.

އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ "ހައިޕާރޮޕްޓިކް" އިން ބުނި ގޮތުގައި މިއީ އެ ސްޕީޑްގެ އިންޓަނެޓް އިނގިރޭސި ވިލާތުގެ ގެތަކަށް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

ކުންފުނިތަކުން މިހާރު ދަނީ އިނގިރޭސިވިލާތުގައި "ފުލް-ފައިބަރ" ޓެކްނޮލޮޖީ ގާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ޓެލެކޮޕް ކޮމިޔުނިކޭޝަން ކުންފުނި "އޮފްކޮމް" އިން ބުނި ގޮތުގައި ހައި ސްޕީޑް އިންޓަނެޓްގެ ބޭނުން މިހާރު ދަނީ އިތުރުވަމުންނެވެ.

"އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިތުރުވަމުން. ފުލް-ފައިބަރ ބްރޯޑްބޭންޑްގެ ބޭނުން މުހިންމު ސްޕީޑް އަވަސް އިންޓަނެޓް ފޯރުކޮށްދޭން" އޮފްކޮމް އިން ބުނެއެވެ.

10 ޖީބީޕީއެސް އިންޓަނެޓާއެކު، އެޗްޑީ ސްޓޭންޑަޑްގެ ފަސް ޖީބީގެ ފިލުމެއް ޑައުންލޯޑް ކުރަން ހޭދަވާނީ ގާތްގަނޑަކަށް ހަތަރު ސިކުންތެވެ. 25 ޖީބީގެ އެކްސްބޮކްސް ގޭމެއް ޑައުންލޯޑް ކުރަން ހޭދަވާނީ 20 ސިކުންތެވެ.
ހިޔާލު