Boava Fried Rice
image
ބޯވަ ފްރައިޑް ރައީސް
0 ކޮމެންޓް
 

ބޯވަ ފްރައިޑް ރައީސް

ބޭނުންވާނެ ތަކެތި dhi2
300 ގްރާމް ބާސްމަތީ ހަނޑޫ (ކައްކާފައި)
1 މޭޒުމަތީ ސަމްސާ ހަނާކުރި ހަވާދު
1 ފިޔާ (ހިމުންކޮށް ކޮށާފައި)
4 ލޮނުމެދު (ގާނާފައި)
150 ގްރާމް ބޯވަ (ކުދިކޮށްކޮށާ ހަނާކޮށްފައި)
3 މޭޒުމަތީ ސަމްސާ ސޯރ ކްރީމް
5 ފެނު ކެއްކި ބިސް (ދެ ފަޅި ކޮށްފައި)
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
4 ތޮޅި މިރުސް (ދެ ފަޅި ކޮށްފައި)
2 ހިކަނދި ފަތް
ލޮނު (ރަހަލާ ވަރަށް)
ތެޔޮ
އަތް ގޮށީގެ ކޮރިއެންޑާ ފަތް

ތައްޔާރު ކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ. އަދި ތެޔޮ ފޮދު ހޫނުވީމާ ފިޔާ، ހިކަނދިފަތް އަޅާ މީރު ކޮށްލާށެވެ. ދެން ބިހާއި ހަވާދު ފިޔަވާ ބާކީހުރި ބާވަތްތައް އެއްކޮށް އަޅުއްވާފައި ރަނގަޅަށް މީރު ކޮށްލާށެވެ. އެއަށްފަހު ބިހާއި ހަވާދު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކައްކާފައި ހުރި ބަތް ކޮޅު އެއްކޮށްލާށެވެ.

މިހާރު ތިހުރީ ބޯވަ ފްރައިޑް ރައިސް ތައްޔާރުކޮށް ނިމިފައެވެ.

ހިޔާލު