Villa Shippin inn Dhaulathah Dhahkan Jehey Faisaa eh Noanaane: JP
image
ގާސިމް އިބްރާހިމް
2 ކޮމެންޓް
 

ވިލާ ޝިޕިންގް އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ: ޖޭޕީ

ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންގް އިން ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވިލާ ޝިޕިންގް އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި ދައްކަން ޖެހޭ ފައިސާއެއް ވާނަމަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކަން ހާމަ ކޮށްދިނުމަށް އެދޭ ކަމަށެވެ.

ޖޭޕީން މިހެން ބުނެފައި މިވަނީ، ގާސިމް އިބްރާހިމްގެ މުދާތައް ވިއްކާލާފައި ނަމަވެސް ދައުލަތަށް ހޯދަން ޖެހޭ ފައިސާތައް ހޯދުމަށް ޕީޕީއެމް އިން ގޮވާލާފައި ވަނިކޮށެވެ.

ޕީޕިއެމްގެ އޮފީހުގައި ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެތައް ފައިސާއެއް ދައުލަތަށް ދައްކަން ޖެހޭ އިރު ރާއްޖެއިން ބޭރުގައި ހުރެގެން ގާސިމް އަދިވެސް މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލެވޭތޯ ކަމަށެވެ.

އަބްދުއްރަހީމް ވަނީ ދައުލަތަށް 190 މިލިއަން ޑޮލަރު ގާސިމް ދައްކަން ޖެހޭ ކަމަށާއި އެފައިސާ ނުދޭ އިރު ތިން ހަތަރު ރިސޯޓު ގާސިމުގެ އަތުގައި ބާއްވަން ނުޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ކުންފުނި ކަމުގައިވާ ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ގެ ފަރާތުން އަޅުގަނޑު ދަންނަވަން މިއަދު ދިވެހި ރައްޔިތުން ހެކިކޮށް، މިއަދާއި ހަމައަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކަށް ދިވެހި ސަރުކާރަށްވެސް ދިވެހި ދައުލަތުގެ އެެއްވެސް ޓެކްސް ދައްކަން ޖެހޭ އެއްވެސް އޮފީހަކަށް އެއްވެސް މުއައްސަސާއަކަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް މިއަދާއި ހަމައަށް ނޯންނާނެ ކަން" ސަމީރު ވިދާޅުވިއެވެ.

"މީރާއިން މިއަދުވެސް އިއުލާނުކޮށްފަ ވިދާޅުވާންވީ ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮންޕެނީ ނުވަތަ އޮނަރަބަލް ގާސިމް އިބްރާހިމް ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްކަމަށް ވާނަމަ އެ ފައިސާ ދައްކަ އަންގަވަންވީ" ސަމީރު ވިދާޅުވިއެވެ.
ހިޔާލު

މޮހައްމަދު

ސަރީއަތުގައި މައްސަލައެއް އޮތުމަކީ އެ މައްސަލަ ނުނިމެނީސް އެމީހަކު ދައްކަން ޖެހޭނެ ފައިސާ އެއް ނޫނެއްނު އެވަރު އެނގޭނެ ކޮންމެ މީހަކަށްވެސް.

އަހުމަދު

ދެން މީގެ މަހެއް ކުރިން ވެސް ތިހެން ބުނި. ޙަފްތާއެއް ފަހުން އަނެއްކާ ބުނި ބައެއް ދެއްކި ވާހަކަވެސް. މިވާ ގޮތެއް ނޭނގޭ. ކޯޓުގަ ވެސް މައްސަލަ ތަކެއް ވާ ވާހަކަ ވެސް އަމިއްލަޔަށް ބުނީ.