Ministerge Helicopter Vetti maruhabaa Dhannavan Nukui 13 Meehaku Maru
image
މިނިސްތަރުގެ ހެލިކޮޕްޓަރު ވެއްޓިފައި---ފޮޓޯ:ރިއުޓާސް
0 ކޮމެންޓް
 

މިނިސްޓަރުގެ ހެލިކަޕްޓަރު ވެއްޓި މަރުހަބާ ދަންނަވަން ނުކުތް 13 މީހަކު މަރުވެއްޖެ

މެކްސިކޯއަށް އައި ބާރުގަދަ ބިން ހެލުމުގައި ލިބުނު ގެއްލުންތައް ބެލުމަށް ހޯމް މިނިސްޓަރު އަލްފޮންސޮ ނަވްރަތު ޕްރިދާ ދަތުރު ކުރަމުން ދިޔަ ހެލިކަޕްޓަރު ވެއްޓި އޭނާއަށް މަރުހަބާ ކިޔަން ނުކުމެ ތިބި 13 މީހަކު މަރުވެއްޖެއެވެ. muni
އަލްޖަޒީރާގައި ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ހެލިކަޕްޓަރު ޖައްސަން އުޅުމުގެ ތެރޭގައި ޕައިލެޓަށް ކޮންޓްރޯލު ގެއްލި ހެލިކަޕްޓަރު ވެއްޓުމުންނެވެ.

ހެލިކަޕްޓަރުން ދަތުރު ކުރި މިނިސްޓަރާއި އެހެން އޮފިޝަލުން ސަލާމަތްވި އިރު ހެލިކަޕްޓަރު ވެއްޓުމުން ވަގުތުން 12 މީހަކު ވަގުތުން މަރުވެފައިވެއެވެ. އަދި ފަހުން އިތުރު މީހަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

އޮހާކާގެ ދެކުނުގައި އޮންނަ ސަރަހައްދެއްގައި ހިނގި އެ އެކްސިޑެންޓުގައި 13 މީހަކު މަރުވި އިރު 15 މީހަކުވަނީ ޒަހަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި މިނިސްޓަރަށް މަރުހަބާ ދަންނަވަން ގޮސް ތިބި ަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ކުޑަ ދެ ކުއްޖަކު ހިމެނެއެވެ.

މިނިސްޓަރު އަލްފޮންސޮގެ އެ ދަތުރަކީ ހުކުރު ދުވަހު މެކްސިކޯއަށް އައި 7.2 މެގްނިޓިއުޑްގެ ބިން ހެލުމުގައި ލިބުނު ގެއްލުންތައް ބައްލަވާ ލެއްވުމަށް ކުރެއްވި ދަތުރެކެވެ.
ހިޔާލު