Grace Mugabege PHDge Massalaagai Universityge Vice Chancellor Hayyaru Koffi
image
ގްރޭސް މުގާބޭ---
0 ކޮމެންޓް
 

ގްރޭސް މުގާބޭގެ ޕީއެޗްޑީގެ މައްސަލާގައި ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ހައްޔަރަށް

ޒިމްބާބުވޭގެ ކުރިގެ ރައީސް ރޮބާޓު މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ޕީއެޗްޑީ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާއި ގުޅިގެން ގްރޭސް ޕީއެޗްޑީ ހާސިލު ކުރެއްވި ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ހައްޔަރުކޮށްފިއެވެ. kobadoctor
ޔުނިވާސިޓީ އޮފް ޒިމްބާބުވޭގެ ވައިސް ޗާންސެލަރު ލެވި ނިޔަގްރާ ހައްޔަރުކޮށްފައިވަނީ ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން އެޖެންސީންނެވެ. އެ އެޖެންސީން ވަނީ ލެވި ނިޔަގްރާގެ މައްޗަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފި ކަމުގެ ތުހުމަތުކޮށްފައެވެ.

ގްރޭސް މުގާބޭއަށް ގަވާއިދާ ހިލާފަށް އިޖުރާއަތުތައް ފުރިހަމަ ނުކޮށް ޕީއެޗްޑީ ދީފައިވާ މައްސަލަ ފެންމަތިވީ އެ ޔުނިވާސިޓީގެ ސޯޝިއޮލޮޖީ ޑިޕާޓުމެންޓުގެ ބައެއް މުވައްޒަފުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ. ގްރޭސް ޕީއެޗްޑީ ހާސިލު ކުރައްވާފައިވަނީ 2014 ވަނަ އަހަރުއެވެ.

އެ މައްސަލަ ފެންމަތިކޮށްފައިވަނީ ގްރޭސްގެ ޕީއެޗްޑީ ތީސިސް އާއްމު ކޮށްފައި ނުވާތިއެވެ. އެ ޔުނިވާސިޓީގެ އުސޫލުތައް ބުނާ ގޮތުން ޕީއެޗްޑީއަށް ހުށަހަޅާ ތީސިސް ޕީއެޗްޑީއާއެކު އެ ޔުނިވާސޓީން ޝާއިއު ކުރާނެއެވެ. ނަމަވެސް ގްރޭސްގެ ތީސިސް ޝާއިއުކޮށްފައިވަނީ އޭގެ ހަތަރު އަހަރު ފަހުން 2018 ވަނަ އަހރުގެ ޖެނުއަރީ މަހުއެވެ.

ގްރޭސްއަށް ޕީއެޗްޑީ ދިން އިރު އެ ޔުނިވާސިޓީގެ ޗާންސެލަރަކީ ވެސް އޭރުގެ ރައީސް އަދި ފިރިކަލުން ރޮބަޓް މުގާބާއެވެ.
ހިޔާލު