Dhivehi Kulhivaruge Legend Sayyid Hassan Avahaara Vejje
image
0 ކޮމެންޓް
 

ދިވެހި ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވަހާރަވެއްޖެ

1970 އާއި 1980 ގެ އަހަރުތަކުގައި ރާއްޖޭގެ އެކި ކުޅިވަރުތައް ކުޅުމުގައި ވަރަށް އިސްކޮށް އުޅުއްވި ދިވެހި ކުޅިވަރަށް ވަރަށް ބޮޑު ޚިދުމަތްތެރިއެއް ކަމަށްވާ ސައްޔިދު ހަސަން ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. dhi2
ސައްޔިދު އަހަވާރަވީ ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގެ ކިމަސް ހޮސްޕިޓަލުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯދަވަމުން ގެންދަވަނިކޮށެވެ.

ސައްޔިދު ހަސަން އަކީ ވަރަށް ގިނަ ކުޅިވަރުންތަކުން ޗެމްޕިއަނެކެވެ. ފުޓްބޯޅައިގައި ވެސް އެއީ މޮޅު ކުޅުންތެރިއެކެވެ. އޭގެ އިތުރުން ހޮކީ، ޓޭބަލް ޓެނިސް، ޓެނިސް، ބައިސްކަލް ރޭސް އަދި ވޮލީ ކުޅުމުގައި ވެސް އޭނާ ވަނީ ފާހަނގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކާ ދިވެހިން ހިތްފަތަހަ ކޮށްފައެވެ.

ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީގެ ކޮއްކޮ ސައްޔިދު ހަސަން ފެނިވަޑައިގަތީ ވަކި ކުޅިވަރަކުން ހާއްސަ ވުމަށް ވުރެ ބޮޑަށް ހުރިހާ ކުޅިވަރެއްގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ތަނެވެ.
ހިޔާލު