Lukakuge 2 Landun Huddersfield Balikoh Manchester United FA CUP Quarter Final Ah
image
0 ކޮމެންޓް
 

ލުކާކޫގެ ދެ ލަނޑުން ހަޑާސްފީލްޑް ބަލިކޮށް ޔުނައިޓެޑު އެފްއޭކަޕް ކުއާޓާއަށް

ރޭ އެފްއޭކަޕްގެ 5 ވަނަ ބުރުގައި ހަޑާސްފިލްޑްއާ ބައްދަލު ކުރި މެޗުން ކުރި ހޯދާ އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑުން އެފް.އޭ ކަޕުގެ ކުއާޓާއިން ޖާގައެއް ކަށަވަރު ކޮށްފިއެވެ. kobadoctor
ހަޑާސްފިލްޑުގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ތިން ވަނަ މިނެޓުގައި ލުކާކޫގެ ލަނޑު ޔުނައިޓެޑު ލީޑު ނެގިއިރު އެޓީމުގެ ލީޑު ފުޅާވެގެންދިޔައީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ލުކާކޫ ޖެހި ދެވަނަ ލަނޑުންނެވެ.

މި މޮޅާއެކު ޔުނައިޓެޑުން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ވާދަވެރި ޗެލްސީއާ ލެސްޓާއިން ވެސް ވަނީ އިނގިރޭސި އެފްއޭކަޕުގެ ކުއާޓާއިން ޖާގައެއް ހޯދާފައެވެ.
ހިޔާލު