Ingiresyi FA CUP Quarter Final Draw Ge Natheeja Miothee
image
0 ކޮމެންޓް
 

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލް ގުރުއަތުލުމުގެ ނަތީޖާ މިއޮތީ

އިނގިރޭސި އެފް.އޭކަޕުގެ ކުއާޓާ ފައިނަލަށް ކޮލިފައިވެފައިވާ ޓީމުތަކަށް ކުއާޓާގައި ކުރިމަތިލާން ޖެހޭ ޓީމެއް ކަނޑައަޅުމަށް ނަގާ ގުރުއަތުލުން ނަގާ ކުއާޓާ ފައިނަލުގެ މެޗު ޝެޑިއުލް އާއްމު ކޮށްފިއެވެ. dhi2
ރޭ ހާޑަސްފިލްޑް ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރު ކުރި މެންޗެސްޓާ ޔުނައިޓެޑު މުބާރާތުގެ ކުއާޓާގައި ބައްދަލު ކުރާނީ ބްރައިޓަން އަލްބިއަން އާއެވެ. އަދި ވާދަވެރި ޗެލްސީ ލެސްޓާއާ ދެކޮޅަށް ނުކުންނައިރު ސައުތްހަމްޓަން ކުޅުންޖެހޭނީ މާދަމާ ރޭ މެންޗެސްޓާ ސިޓީއާ ވިގަން ބައްދަލު ކުރާ 5 ވަނަ ބުރުގެ މެޗުން ކުރި ހޯދާ ޓީމަކާއެވެ.

ކުއާޓާގެ އެންމެ ފަހު މެޗުގައި ބައްދަލު ކުރާނީ ޝިފެލްޑް ވެނެސްޑޭއާ ސްވަންސީ ބައްދަލު ކުރާ މެޗުން ކުރި ހޯދާ ޓީމަކާއި ރޮޝްޑޭލް އާއި ޓޮޓެންހަމް ބައްދަލު ކުރާ މެޗުން ކުރި ހޯދާ ޓީމެވެ.

އެފްއޭކަޕް ކުއާޓާފައިނަލުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17/18 ވާ ހަފްތާ ބަންދުގައެވެ.

އެފްއޭ ކަޕް ކުއާޓާގެ މެޗުތައް ރޭވިފައިވާ ގޮތް:-

މެންޗެސްޓާ ޔުނައިޓެޑު (ވސ) ބްރައިޓަން
ލެސްޓާ ސިޓީ (ވސ) ޗެލްސީ
ސައުތަމްޓޮން (ވސ) މެންޗެސްޓާ ސިޓީ / ވިގަން
ސިފެލްޑް ވެނެސްޑޭ / ސްވަންސީ ސިޓީ (ވސ) ރޮޝްޑޭލް / ޓޮޓެންހަމް
ހިޔާލު