Fathuruverikan Kuri Araane Kamah Lafaakurevey: MMA
image
ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ ދެ ފަތުރުވެރިއަކު--
1 ކޮމެންޓް
 

ފަތުރުވެރިކަން ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ: އެމްއެމްއޭ

ފަތުރުވެރިކަމުގެ ދާއިރާ މިއަހަރު ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. muni
އެމްއެމްއޭ އިން ނެރެފައިވާ މިއަހަރުގެ ޖެނުއަރީ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން 6.9 އިންސައްތަ ކުރި އަރާފައިވާ ކަމަށެވެ.

މި އަހަރު އުފެއްދުންތެރިކަން ކުރި އަރާ މިންވަރު 6.0 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

އިގްތިސާދުގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު މި އަހަރު ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެނީ އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ފުޅާވުމުގެ ސަބަބުން އިގްތިސާދުގައި ކުރާ ހޭދަ އިތުރުވެގެން ދިޔުމާއެކު އިގްތިސާދީ ދުވެއްޔަށް އިތުރު ބާރެއް ލިބޭނެކަމަށް ލަފާކުރެވޭތީ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ހިޔާލު

ރާއިޒް

ކުއްލި ހާލަތުގައި އޮތްވާ ތިކަމެއް ނުވާނެ. އޮޅުވާލަން ނޫޅޭ