Budget ge Deficit Ufehdhuntherikamuge Nisbathun 3 Percent vanee Ithuruvefa: MMA
image
އެމްއެމްއޭ--
0 ކޮމެންޓް
 

ބަޖެޓްގެ ޑެފިސިޓް ވަނީ ތިނެއް އިންސައްތަ އިތުރުވެފައި: އެމްއެމްއޭ

މިއަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން ތިނެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. Dhiraagu
އެމްއެމްއޭ އިން ނެރެފައިވާ ޖެނުއަރީ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައިވަނީ މިދިޔަ އަހަރަށް ރިވައިޒް ކުރި ބަޖެޓުގައި އެ އަދަދު ހުރީ ދެއެއް އިންސައްތައިގައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަންދާޒާކުރި ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، އެ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން ހުރީ 22 އިންސައްތައިގައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް މިއަހަރު އެ މިންވަރު 18 އިންސައްތައަށް ކުޑަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ ބޮޑެތި ބައެއް މަޝްރޫއުތައް ނިމި، އެ މަޝްރޫއުތަކުގެ އިމްޕޯޓަށް ކުރާ ހޭދަ ނިސްބަތުން މަދުވާނެ ކަމަށް އަންދާޒާކުރެވޭތީއެވެ.
ހިޔާލު