Decagon Sports Club Ge Logo Farumaakohlaigen Aguhuri Faisaage Inaamei
image
0 ކޮމެންޓް
 

ޑެކަގަން ގެ ލޯގޯ ފަރުމާކޮށްލައިގެން އަގުހުރި ފައިސާގެ އިނާމެއް

ހދ ނޭކުރެންދޫ ޑެކަގަން ސްޕޯޓްސް ކްލަބުގެ ލޯގޯ ފުރުމާކުރުމަށް ވަރަށް ހާއްސަ މުބާރާތެއް އެޖަމިއްޔާއިން ފަށައިފިއެވެ. Dhiraagu
2007 ވަނަ އަހަރު އުފެދިގެން އައި މިކްލަބަށް 10 އަހަރު ފުރުމާއި ގުޅިގެން ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން ކްލަބުގެ ލޯގޯ ޒަމާނީ، ފެންވަރު ރަނގަޅު ލޯގޯއަކަށް ބަދަލުކުރުމުގެ ގޮތުން ފަށާފައިވާ މި މުބާރާތަށް ލޯގޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއް ވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިމާނުގެ އިތުރުން އެފަރާތުން ފަރުމާ ކުރި ލޯގޯ ކުރިއަށް އޮތް 10 އަހަރު ޑެކަގަން ކްލަބުގެ ރަސްމީ ލޯގޯގެ ގޮތުގައި ބޭނުން ކުރުމަށް ވަނީ ހަޖެހިފައެވެ.
މިމަހުގެ 15 ވަނަ ދުވަހު ފަށާފައިވާ މި މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ސުންގަަޑި ހަމަވާނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށާއި އިތުރު މުއުލޫމާތު ސާފު ކުރުމަށް ޑެކަގަން ސްޕޯޓްސް ކްލަބުގެ ނަމްބަރަށް ( 7966885 ) ގުޅާލުމުން އެމައުލޫމާތެއް ލިބިގެންދާނެ ކަމަށް އެފަރާތުން ވިދާޅުވެއެވެ.

ހދ އަތޮޅުގައި އިޖްތިމާއި ރޮނގުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ޑެކަގަން ޖަމިއްޔާއިން ވަނީ ދާދިފަހުން އެސަރަހައްދުގެ ރަތްތަކަށް ހުޅުވާލައިގެން ފޯރިގަދަ ފުޓްސަލް މުބާރާތެއް ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ނޭކުރަންދޫ ފުޓްބޯޅަ ދަނޑުގައި މިދިޔަ ޑިސެމްބަރު މަހު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ދެ ޓީމެވެ. އެއީ ކުލަބް ކޮރަލް އާއި ހިރަފުހެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުން 1–0 ގެ ހަނި ތަފާތަކުން ކުރި ހޯދައި، މުބާރާތް ކާމިޔާބުކުރީ ހިރަފުހެވެ.
ހިޔާލު