Gondi nugelleykamah nerunu amuruah amalukurun faskoh amureh nerefi
image
މަޖިލިސް ޖަލްސާއެއްގެ ތެރެއިން
12 ކޮމެންޓް
 

ގޮނޑި ނުގެއްލޭކަމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށް އަމުރެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށް ސްޕްރީމް ކޯޓުން މުރޭ އަމުރެއް ނެރެފިއެވެ.
ސްޕްރީމް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރަކީ ސްޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގެ ބައިތައް ބާތިލްކޮށްދިނުމަށް ބަންޑަރަ ނައިބުގެ އޮފީހުން އެކޯޓަށް ހުށައެޅި މައްސަލައަކާއި ގުޅިގެން ނެރުނު ވަގުތީ އަމުރެކެވެ.

މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ނެރުނު ބަޔަށް އަމަލުކުރުން ފަސްކުރުމަށް އެކޯޓުން މިރޭ އަމުރެއް ނެރުނު އިރު މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ނުވަ ފަރާތެއް ދޫކޮށްލުމަށާއި ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ބޭރުތައް ސަސްޕެންޑްކުރި ކުރުން ސްޕްރީމް ކޯޓުން މީގެ ކުރިންވަނީ ބާތިލްކޮށްފައެވެ.

މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކޯޓުން ނިންމި ނުންމުމަށް އަމަލުކުރުން ފަސްކުރުމަށް މިރޭ އަމުރެއް ނެރުނު އިރު، މާދަމާ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށްވަނީ އެޖެންޑާ ކޮށްފައެވެ. އަދި މާދަމާގެ ޖަލްސާއަށް 12 މެމްބަރުންނަށްވެސް ވަނީ ދައުވަތު ފޮނުވާފައެވެ.

ހިޔާލު

އާޒިމާ

3ފަނޑިޔާރުން ތިއަރައިގަންނަނީ 60000ވުރެ ގިނަ ރައްޔިތުންގެ ހައްޤްތަކަށް، އިނަސާފު އަރާހަމަކުރާނެކަން ހަނދާންކޮށްދެން

އަހުމަދު

މިއީ އަޅެފަހެ ޤައުމެއްތަ... ބަންޑާރަނައިބު ހަމައެކނި މީހެއްގެ ބ ނައިބެއްތަ. ނުވަތަ ޤަްުމެއްގެ ބ ނައިބެއްތަ.. ޤައުމެއްގަމުއައްސަތަައް މިދަރަޖައަށް ވެއްޓުނީމާ ކިހިނެއް މިކަހަލަ ޤައުމެއްގއި ދިރިއުޅޭނީ
މިއީ ހަމަ ޞޮދޫމް...

ސަރީ

އަމުރުގަ އަމަލުކުރަންޖެހޭ ކަމެއް އެބައޮތްތަ މަޑުޖައްސާލަން؟

ޢައިނ

މިތިބަ ބަޔަކު ނަމުންމުސްލިމު. ކަމުން ޖާހިލު. ދަރިންނަށް އަލިފާން ކާންދީގެން ބޮޑު ކުރޭ.

މޮޔަ

ފަސްގާޒީ ގެބާރު ތިނގާޒީނ އަޖައިބެއ

ޙުސެން

ކަށަވަރު ތިކަމެއް އެތަނުގައި ތިބި 3 މީހުންނަށް ނޭގޭނެ

ދަތުރުވެރިޔާ

ރިޔާސީ އިންތިހާބު ވެސް ފަސްކޮށްލާ!!!؟؟؟

މޮރީނިއޯ

ދިވެހިން ދިވެހިންގެ ގޮތުގާ ގަމާރުކަން މަތީ އަބަދަން!

ޙަލީމު

މިރާއްޖޭގެ މިހާރު މިހިނގާ ހުރިހާ ގޯހެއްގެ އަސްލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން. އެގޯސްތައް ހަދަމުން ހަދަމުން ގޮސް ގައުމު ދާޚިލީ ހަމަނުޖެހުމަކަށް ވެއްޓެން ކައިރި ވެފައޮތްވައި މިހާރު އަނެއްކާވެސް ގޯހެއް ! ތިތިން ފަނޑިޔާރުން ފެބުރުއަރީ 1 ގެ ބޮޑު ހުކުމުގައި ސޮއިކޮށް އެއިގެތެރެއިން ފެތުނު މީހުން ބޮލުގައި ފައިންއަރާ ހިިކިފަސްތަނަށް އެރުމުން އަނެއްކާ އޮއި އޮތްކޮޅަށް. ފަސާދަ ވިޔަސް ބޮޑުވަރު ! މަރުނުވާނެބާ ؟

.ރައްޔިތުން

ޢަޅެ ފަހެ ބިރެއް ނުގަނޭތަ؟؟؟؟ .ހަލާކުވުމުވެ ވަގުތު ޖެހެނީ. މި ވެރިކަން ކުޑަދުވަސްކޮޅަކަށް އޮތަސް ތިޔަ ގާޒީންނަށް ވެރިމީހާ ކެހިދޭކަށް މާގިނައިރެއްނެތްކަން ދަނޭ.

ތެޔޮނާށި

މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން.

ބީވާ

ހިތްޕުޅާ ހަމައެއްނުވި ހަޖަމެއް ނުވި، ފަނޑިޔާރުން ބޮލުގަ ބަޑި ޖައްސައިގެން ނެރޭ އަމުރު. މިގައުމުގެ ކުރިއަށް އޮތް ޖީލު ތަކުން ތިހިންގާ ޖަރީމާގެ އަދަބު އެންމެނަށް ދޭނެ. މިސާލަކަށް ބަންގާޅު ބައްލަވާ، 1970 ގެ އަހަރުތަކުގައި ޖަރީމާ ހިންގި އެންމެނަށް ހުކުމްކޮށް މަރުގެ އަދަބު ތަންފީޒުކޮށްފަ އެއޮތީ.