Thanavas kan nei meehunnan film balan dhaan ticket hoadhaidhey actress eh
image
އެކްޓްރެސް ބްރި ލާރްސަން
1 ކޮމެންޓް
 

ތަނަވަސްކަން ނެތް މީހުންނަށް ފިލްމް ބަލަން ދާން ޓިކެޓް ހޯދައިދޭ ބަތަލާއެއް

މިހާރު ރިލީޒްކޮށްފައިވާ ފިލްމް "ބްލެކް ޕެންތާ" ބަލަން ދާން ބޭނުންވެ ނަމަވެސް ޓިކެޓް ގަތުމުގެ ތަނަވަސްކަން ނެތް މީހުންނަށް އެހީވުމުގެ މަސައްކަތް އެކްޓްރެސް ބްރި ލާރްސަން ފަށައިފިއެވެ. kobadoctor
ލާރްސަން ކުރި ޓްވީޓެއްގައި ވަނީ ނިޔުޔޯކް ސިޓީގައި ދިރިއުޅޭ، މާލީ ތަނަވަސްކަން ނެތް ނަމަވެސް ފިލްމް ބްލެކް ޕެންތާ ބަލަން ޓިކެޓް ބޭނުންވާ މީހަކު ހުރިތޯ ސުވާލުކޮށްފައެވެ.

އެއާއެކު ބައެއް އާންމުންވަނީ އެކަމަށް އެއްބާރުލުންދީފައެވެ. އެގޮތުން ތަނަވަސްކަން ނެތް މީހުންނަށް ޓިކެޓް ގަނެދޭން ތައްޔާރަށް ތިބި ކަމަށް ބައެއް އާންމުންވެސް ވަނީ ބުނެފައެވެ.

އާންމުންގެ އެހީތެރިކަމާއެކު ބައެއް ގައުމުތަކުގައި މިހާރު ވަނީ، މާލީ ތަނަވަސްކަން ނެތް ނަމަވެސް ފިލްމް ބަލަން ދާން ބޭނުންވާ މީހުންނަށް ޓިކެޓް ގަނެދޭން ތައްޔާރަށް ތިބި ކަމަށް ބުނެ ހުށަހެޅުންތައް ހުށަހަޅާފައެވެ. އެގޮތުން އާޖެންޓީނާ، ކެނެޑާ އަދި އިންޑޮނޭޝިޔާގައި ދިރިއުޅޭ ނަމަވެސް ތަނަވަސްކަން ނެތް މީހުންނަށް ޓިކެޓް ދޭން ތައްޔާރަށް ތިބި ކަމަށް ބުނެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ހިޔާލު

ބުރޯ

މަގޭ ވެސް ބޭނުން ބަލަން ދީބަލަ ޓިކެޓެއް ސިވެސް ސިނަމާއިން އަހްމަދޫ