SAARC Parliamentarianunge Jamiyyain Kanboduvun Faalhukoh Maseehah
image
3 ކޮމެންޓް
 

ސާކް އެމްޕީންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް މަސީހަށް ސިޓީއެއް

ރާއްޖޭގައި ހިންގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައީސުން ހިމެނޭ ޖަމިއްޔާއިން އަބްދުﷲ މަސީހަށް ސިޓީއެއް ފޮނުވައިފިއެވެ. kobadoctor
ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައީސުން ހިމެނޭ ޖަމިއްޔާގެ ރިޔާސަތު ބަލަހައްޓަވާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާ މަސީހަށް ފޮނުއްވި އެސިޓީގައި ޑިމޮކްރަޓިކް ހަމަތަކާއި މަޖިލީހުގެ އިޖުރާއަތުތައް ނުރައްކަލުގެ ތެރޭގައި ވާ ކަން ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން ކުއްލި ހާލަތު އިއުލާންކޮށް ބައެއް ފަރާތްތައް ހައްޔަރު ކުރި ކުރުމާއި، ސްޕްރީމް ކޯޓުގެ އަމުރަށް ބޯނުލެނބުމުން ގާނޫނު އަސާސީއާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުރައްކާ ވެފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައީސުން ހިމެނޭ ޖަމިއްޔާއިން އަބްދުﷲ މަސީހަށް ސިޓީއެއް ފޮނުވި އިރު އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުން ފަސް ކުރުމަށް ރޭ އެކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހިޔާލު

.މަލަކުރި

.މަސީހު އަކީ ލިޔަން ކިޔަން އެގޭމީހެއްނޫން އެއީ ޗާބީދީފައި ހުންނަ ރޮބަޓެއް

Heyo

އަހަރެން އުޅެނީ ލަންކާގައި މިތަނުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތް ދައްވެގެންގޮސް އެންމެ ފަހުން އެއޮތީ ސަރުކާރުގެ އަގުލަބިއްޔަތު ގެއްލިފަ

މޫސަ

ތިސިޓީ ފޮނުވިޔަސް ތީގައި ލިޔަފައިވާ އެއްޗެއް އެގޭ މީހަކު މި ގައުމުގައި ނުހުންނާނެ. ގައުމުގައި ގިނައީ ޖާހިލުން.