Fandiyaarun Raheenkoh, Court thah Sifainge Dhashugai Judiciaryge Minivan Judiciary akahtakaa Nukunnavaa
image
ޝާހީން ހަމީދު---
0 ކޮމެންޓް
 

ފަނޑިޔާރުން ރަހީނުކޮށްގެން ޖުޑީޝަރީ މިނިވަނެއް ނުވާނެ: ޝާހީން

ފަނޑިޔާރުން ރަހީނުކޮށް ސިފައިންގެ ބެލުމުގެ ދަށަށް ކޯޓުތައް ގެންގޮސްގެން ޖުޑީޝަރީ މިނިވަން ނުވާނެކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ހުރިހާ ގާނޫނީ ވަކީލުން ތެދުވުމަށް ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ގޮވާލައްވައިފިއެވެ. muni
ޝާހީން ހަމީދު އިސް ދައުރެއް އަދާ ކުރައްވާ ޕްރިމިއަ ޗެމްބާސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ރަހީނުކޮށްފައިވާ ކަމަށާއި ކޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ޝަރުއީ ދާއިރާ މިނިވަން ކަމަށް ނުބުނެވޭނެއެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށްޓަކާ ތެދުވެވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކާ އެކުވެރި އެހެން ވަކީލުން ވެސް ތެދުވެވަޑައިގެންނެވުމަށް ޝާހީން ގޮވާލައްވާފައިވެއެވެ.

ކުއްލި ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ އިރު މިއީ އެކަމާ ދެކޮޅަށް ޝާހީން ހަމީދު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް މައުމޫނަށާއި މިހާރުގެ ރައީސް އަބުދުﷲ ޔާމީނަށް ވެސް ބޮޑުބޭބެ ވިދާޅުވާ ޝާހީން އެހެން ވިދާޅުވެފައިވާ ކަމަށް ބުނެ ޕްރިމިއަ ޗެމްބާސްއިން ކުރި ޓްވިޓައެކު ބައެއް ގާނޫނީ ވަކީލުން ދަނީ ހަމަ އެމެސެޖު ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ.
ހިޔާލު