Raeesah Gonjehunthah Dhimaavumakee Kulli Haalathu Iulaan Kureveyne Sababeh Noon: Muiz
image
އަހުމަދު މުއިއްޒު---ފޮޓޯ:ސީއެންއެމް
4 ކޮމެންޓް
 

"ރައީސަށް ގޮންޖެހުންތަކެއް ދިމާވުމަކީ ކުއްލި ހާލަތު އިއުލާން ކުރެވޭނެ ސަބަބެއް ނޫން"

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ މީހަކަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ ކޮންމެހެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ ސަބަބެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. dhi2
ވީއެފްޕީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު މިއަދު ވިދާޅުވީ ސްޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނީ ހަރުދަނާނަކެއް ހުރި އަމުރެއް ނޫން ކަމުގައެވެ.

މުއިއްޒު ވިދާޅުވީ މެންބަރުންގެ މައްސަލައާއި ޖޭއެސްސީގެ ބާރުތަކާއި އޭގެއިތުރުން ބަޔަކު މިނިވަން ކުރުން ސްޕްރީމް ކޯޓުގެ އަމުރުގައި ހިމަނާފައިވާ އިރު އެ ކަންތައްތަކަކީ އެއް ކަންތައް އަނެއް ކަމާއި ގުޅުން ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.

"އެ އަމުރަކީ ފުރިހަމަ އަމުރެއް ކަމަށް ގަބޫލެއް ނުކުރަން. އެކަމަކު ވެރިކަން ކުރާ މީހާއަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ ކޮންމެހެން އިމަޖެންސީ ޑިކްލެއާ ކުރެވޭނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަކީ މަޖިލީހަށް އޮންނަ ކަމެއް ކަމަށްވީ ނަމަވެސް އެކަން ސްޕްރީމް ކޯޓުން ކޮށްފައިވާ ކަމަށާއި އޭރު ވެސް ސަރުކާރުން އެއްޗެއް ނުބުނާ ކަމަށެވެ. އަދި ދާދި ފަހުން ފަނޑިޔާރެއްގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ނެތް ކަމަށް ކަނޑައެޅި އިރު ވެސް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ހ ގެ ދަށުން ރައީސް އާއްމުކޮށް ގާނުނު އަސާސީގައި ކަން އޮތީ އެހެން ނޫން ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި ބަނޑާރަ ނައިބު ވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މުއިއްޒު ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް ހިފެހެއްޓެނީ އަސާސީ ހައްގުތަކާއި އެ ހައްގުތަކާއި ގުޅުން ހުރި ގާނޫނުތަކެވެ. ޝަރުއީ ދާއިރާއާއި މަޖިލީހުގެ ބާރުތައް ނުހިފެހެއްޓޭނެއެވެ.

ގާނޫނު އަސާސީގެ ކުއްލި ހާލަތާ ބެހޭ ބާބު ބަލާލުމުން ވެސް ހިފެހެއްޓޭނީ އަސާސީ ހައްގުތަކުގެ ބާބުގައި ހުރި ހައްގުތަކާއި އެއާއި ގުޅުން ހުރި ގާނޫނުތައް ކަން އެނގެއެވެ.
ހިޔާލު

ފާރިޝް

ދައުލަތް ހިންގާނެގޮތެއް ނޭނގި އޮޅުންއެރީމަ އިސްތިއުފާ ދިނުން ބުއްދިވެރީ. ގާނޫނު އަސާސީ ނުބަލާ އެއަށް އަމަލުކުރަން ހުވާކުރުމުން ދިމާވި ކަމެއް. ދެންވެސް އަވަހަަށް އިސްތިއުފާދީ. އޮޅުން ނާރާ މީހަކު ރައްޔިތުން ހޮވާނެ. މުސާރަ ނުދިނަސް ރައީސްކަން ކުރާނެ މީހުން އެބަތިބި.

ހަމަހަމަ

ރާއްޖޭގައި މިއުޅޭ ބައެއް ވަކީލުންނަކީ އެމީހުން މަސްހޫރު ވުމަށްޓަކާ ދަނޑިވަޅުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ވަރަށް
އިސްކަންދޭ ބައެކެވެ ގަސްތުގައި ކަންކަން އޮޅުވާލުމާއި
އަމިއްލަ މަންފާ އިސްކޮށްގެން ގައުމަށައިރައްޔިތުންނަށް
ހަރާނކޯރުވެގެ އާމްދަނީ ހޯދާމީހުންވެސް ވަރަށް ގިނައެވެ

ރޯސް

މުއިޒު އެބުނަނީ ރަގަނޅު ވާހަކަ އިންސާފަށް އެވާހަކަ ދައްކަނީ މުއިޒު

އިންޞާފް

މުޢިއްޒުގެ ޚިޔާލުފުޅަށް ފުރިހަމައަށް ތާއީދުކުރަން. އިންޞާފުގެ ހަމައިން ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއް. އެއްވެސް ފަރާތަކަށް ބުރަވެ ވަޑައިގެންނެވުމެއް ނެތް.
މުޢިއްޒާއި، ސުޢޫދާ ދެބޭފުޅުންނަކީ، އިންޞާފުގެ ހަމައާ އެއްގޮތަށް ޙުކުމްކޮށް، ބަސް ބުނުމަށް ހުރަސް އެޅުނުހިނދު، ޖިނާއީ ކޯޓާއި، ސިވިލް ކޯޓުގެ އިސް ޤާޟީކަން އަމިއްލަފުޅަށް ދޫކޮށްލެއްވި ދެބޭފުޅުން. އަބަދުވެސް ތިޔަ ހަމައިގައި ތިއްބަވާނެކަމަށް އުއްމީދު ކުރަން. ތިޔަ ފަދަ ބޭނުންނަށްޓަކައި ޤައުމު ފަޚުރުވެރި ވާނެކަން ކަށަވަރު.