Birudhakkaa kamah bune Media thakah immigration ge inzaareh
image
ބިރުދައްކާކަމަށްބުނެ މީޑިއާތަކަށް އިމިގްރޭޝަންގެ އިންޒާރެއް
6 ކޮމެންޓް
 

ބިރުދައްކާކަމަށްބުނެ ބައެއް މީޑިއާތަކަށް އިމިގްރޭޝަންގެ އިންޒާރެއް

އިމިގްރޭޝަންގެ މުވައްޒަފުންނަށް ބައެއް މީޑިއާތަކުން ބިރުދައްކާކަމަށްބުނެ އެ މީޑިއާތަކާއިމެދު ފިވަޔަޅު އެޅުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްބުނެ އިމިގްރޭޝަނުން އިންޒާރު ދީފިއެވެ. dhi2
އިމިގްރޭޝަނުން މިހެންބުނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ބެލެވޭ ގޮތުގައި މި ބަޔާނަކީ ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އިއްޔެ ލަންކާއަށް ދިއުމަށް ފުރަން ގޮސް އެއަރޕޯޓްގައި ހުއްޓާ ހައްޔަރުކުރަން އުޅުނުކަމަށްބުނެ މީޑިއާތަކުން ރިޕޯޓް ކުރިކުރުމާއި ގުޅޭގޮތުން ނެރުނު ބަޔާނެކެވެ. ކޯޓް އަމުރެއްނެތި ހުސައިން ހައްޔަރުކުރަން އުޅުނުކަމަށް ބުނިއިރު ހުސައިންހުރީ ބޯޑިންގ ކަނޑާ ބޯޓަށް އަރަން ތައްޔާރުވެގެންނެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ ހުސައިން ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމުގައެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މީހަކު ބޯޓަށްއަރާ އިންކަމުގައި ވިޔަސް އެމީހަކު ބޯޓުން ބާލައިގެން ހުއްޓުވާނެ ކަމުގައެވެ. އަދި އިމިގްރޭޝަންގެ ގާނޫނުގެ ތެރެއިން އެބާރު ލިބިގެންވާ ކަމުގައެވެ.

ބަޔާނުގައި ބުނެފައިވަނީ ބައެއް މީޑިއާތަކައި އަދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިމިގްރޭޝަންގެ މުވައްޒަފުންނަށް ކިތަންމެ ބިރެއް ދެއްކި ކަމުގައިވީނަމަވެސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ފަސް ނުޖެހި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގައެވެ.

އިމިގްރޭޝަންބުނީ އެ އިދާރާ ބަދުނާމުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ކުރިން އަންގާފައިވާނެ ކަމަށާއި އެއިދާރާއާއި ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން ގެންދާ ކަމުގައެވެ.
ހިޔާލު

އެޑަމް

ޔާމިނުގެ ރުންހޯދަން ކުރާކަމެއްތީ ގަދަބަސް ބުނިކަމުގައިވިއަސް ތީ ކަރަޕްޓް ތަނެއް

ހުސެންބެ

ތިކަންވެސް ކޮށްފައޮންނާނީ އަދުރޭ ބުނެގެން. ތިއީ އުސޫލަކުން ހިނގާތަންތަނެއްނޫން.

ސިމްކާ

މިއަންވަރަކީ ހާދަ ފޮނި މީހެކޭދޯ ތިތަނުން ވަކިކުރާނެ ދުވަސް ކައިރި ވަނީ

ޢަހުމަދު

ޢިމިގްރޭޝަން ގެ ކަރަޕްޝަން ވާހަމަ ކިޔަން މާ ރީތި ވާނެއް.

ސުއްކަތުރާ

މިސަރުކާރުން މީޑިއާދެކެ މިގަންނަ ބިރެއްދޯ! މަ ހަމަ އަޖާއިބު އަންތަރީސް. މި މީހުން ކަންކަން ކުރާގޮތުން ރައީސް ޔާމީނުގެ އަގު މި ވެއްޓެނީ، ހިތުން ބެޖުޖަހަން މި މަސައްކަތް ކުރަނީ.

މަތިމަސް

އިމިގުރޭށަން އެއީ ދޮރުހުޅުވާ ލައްފަން ހޮޓާތަކުގެ ބޭރުގަ ތިބޭ މީހުންނާ އެއްޒާތެއްގެ މަސައްކަތެއް ކުރާ ބައެއް. ދެން ކޮން ފުއްޕުމެއް ތި ފުއްޕަނީ!