Isthiufa dhevikamah dhekevey vaahaka thah Maseeh dhogu kurah vaifi
image
މަސީހު މަޖިލީހުގެ ރިޔާސަތުގައި: ފައިލް ފޮޓޯ
2 ކޮމެންޓް
 

އިސްތިއުފާ ދެއްވިކަމަށް ދެކެވޭ ވާހަކަތައް މަސީހު ދޮގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު މަޤާމުން އިސްތިއުފާ ދެއްވިކަމަށް ދެކެވޭ ވާހަކަތައް މަސީހު މިރޭ ދޮގުކުރައްވައިފިއެވެ. dhi2
މިއަދުގެ ޖަލްސާ ފެށުމަށްފަހު މަސީހު ރިޔާސަތު ނައިބު ރައީސް މޫސާ މަނިކާއި ހަވާލު ކުރެއްވުމަށްފަހު، ވަޑައިގެން މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ސިޓީ ހުށައެޅުއްވިކަމަށް ސޯޝަލް މީޑިއާގައިދަނީ އަޑު ފެތުރެމުންނެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ޕްރެސްކޮންފަރެންސްގައި، ފޯނުން ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ އިސްތިއުފާ ނުދެއްވާ ކަމުގައެވެ. އަދި ހުންނެވީ ސާބިތުކަން މަތީކަމަށްވެސް މަސީހު ވިދާޅުވިއެވެ.

މަސީހު ވިދާޅުވީ އިސްތިއުފާ ދެއްވަން ނުވެސް އުޅުއްވާކަމަށާއި މަޤާމުން އިސްތިއުފާ ދެއްވިކަމަށްބުނެ ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމުގައެވެ.

ހިޔާލު

މަރީ

ކަލޭދެން އިސްތިއުފާ ދޭންވެއްޖެއެންނޫންތަ.

ހަމަ

އިސްތިއުފާދޭނެތަ..