SC Fandiyaarun raheenu kohfaivakamah bunaa habareh Dunya Re tweet kurah vaifi
image
ދުންޔާ މައުމޫނު
3 ކޮމެންޓް
 

ފަނޑިޔާރުން ރަހީނުކޮށްފައިވާކަމަށް ބުނާ ހަބަރެއް ދުންޔާ ރިޓްވިޓް ކުރައްވައިފި

ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ރަހީނުކޮށް ކޯޓްތައް އަސްކަރީ ބާރުގެ ދަށަށް ގެންގޮސްގެން ޖުޑިޝަރީ މިނިވަން ނުވާނެކަމަށް ބުނެފައިވާ ހަބަރެއް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ރިޓްވިޓް ކުރައްވައިފިއެވެ. muni
ސަރުކާރުގައި ތިއްބެވި އަދި ރައީސް ޔާމީނާއި އެކު ތިއްބެވި ރައީސް މައުމޫނުގެ ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދުންޔާ މިހާރު ހުންނެވީވެސް ޗުއްޓީގައެވެ. ޗުއްޓީއަށް ވަޑައިގެންނެވުމުގެ ކުރިން ދުންޔާވަނީ ސަރުކާރުން އިސްތިއުފާ ދެއްވުމަށް ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ދުންޔާ ރިޓްވިޓް ކުރައްވާފައިވަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ރަހީނުކޮށް ކޯޓްތައް އަސްކަރީ ބާރުގެ ދަށަށް ގެންގޮސްގެން ޖުޑިޝަރީ މިނިވަން ނުވާނެކަމަށް ދުންޔާއަށް ބޮޑުދައިތަ ވިދާޅުވާ ޝާހީން ހަމީދުއާއި ހަވާލާދީ ލިޔެފައިވާ ހަބަރެކެވެ.

ޝާހީން ހަމީދު އިސް ދައުރެއް އަދާ ކުރައްވާ ޕްރިމިއަ ޗެމްބާސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ރަހީނުކޮށްފައިވާ ކަމަށާއި ކޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ޝަރުއީ ދާއިރާ މިނިވަން ކަމަށް ނުބުނެވޭނެއެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށްޓަކާ ތެދުވެވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކާ އެކުވެރި އެހެން ވަކީލުން ވެސް ތެދުވެވަޑައިގެންނެވުމަށް ޝާހީން ގޮވާލައްވާފައިވެއެވެ.

ޝާހީންގެ ވާހަކަތަކަށް ދާއީދު ކުރައްވާކަން ދޭހަވާގޮތަށް ދުންޔާ "މިހާރު"ގެ ހަބަރު ރިޓްވިޓް ކުރައްވާފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ދިފާއިގައި އާދީއްތަ ދުވަހު ދުންޔާވަނީ ހިއުމަންރައިޓްސް ކޮމިޝަނާއިވެސް ބައްދަލު ކުރައްވާފައެވެ.
ހިޔާލު

ޙަަސަން

ދުންޔާ މައުމޫނާއި ޝާހީން ހަމީދަކީ ދެބެއިންގެ ދެދަރި ބޭފުޅުން

އޭބީ

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޝާހީން އާއި ދުންޔާ އަކީ ދެބެންގެ ދެދަރި ދެބެންނެވެ. ވީމާ ޝާހީންގެ ބޮޑުދައިތައަކަށް ދުންޔާ ވާނޭގޮތެއް އޮންނާނެހެއްޔެވެ؟

އަލީ

އެމްޑީޕީ ގެ ވެރިކަމުގެ ވަޒީރުންނަށް ޓަކައި ފަޚުރުވެރި ވަން. ލިޔެކިޔުން ފޮރުވާނެ ފުރުސަތެއް ނުދީ ވެރިކަން ވައްޓާލި އިރު މި ބޭފުޅުންގެ އެއްވެސް މައްސަލަ އެއް ނުފެނުނު. ޝުކުރިއްޔާ ރައީސް ނަޝީދު އަދި ވަޒީރުން