Villa Shipping in Meera ah Dhahkan Jehey Faisaa Dhahkaa Halaaskoffi
image
ގާސިމް އިބްރާހިމް--
1 ކޮމެންޓް
 

ވިލާ ޝިޕިން އިން މީރާއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކޮށްފި

ވިލާ ޝިޕިން އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ވިލާ އިން ދައުލަތަށް ދައްކަންޖެހި ނުދައްކަވާ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ބުނެ މީރާއިން އެ އިއްޔެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން، އެމައްސަލައަކީ މިހާރު ނިމިފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާ ހުކުމް ކުރާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު މީރާއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވިލާއިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ އެކުންފުންޏާއި ދެކޮޅަށް ދައުވާ ކުރާ ކަމަށެވެ.

މީރާ އިން ދައުވާކޮށްފައިވަނީ މުދަލާ ހިދުމަތުގެ އަގުން ނެގޭ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި 6،859،988(ހަމިލއަން އަށްލައްކަ ފަންސާސް ނުވަހާސް ނުވަސަތޭކަ އަށްޑިހަ އަށް) ރުފިޔާ އާއި ކަނޑައެޅިފައިވާ ތާރީހަށް ގާނޫނާ އެއްގޮތަވާ ގޮތުގެ މަތިން ޖީއެސްޓީ ދައްކާފައި ނުވާތީ 19 ޑިސެމްބަރު އާ ހަމައަށް ކުރެވިފައިވާ ޖޫރިމަނާގެ ޖުމްލަ 563،661 (ފަސްލައްކަ ފަސްދޮޅަސް ތިންހާސް ހަސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާ އާއި އެކު ޖުމްލަ 7،423،649 (ހަތްމިލިއަން ހަތަރުލައްކަ ތޭވީސްހާސް ހަސަތޭކަ ސާޅީސް ނުވައެއް) ރުފިޔާ ހޯދުމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނީ، ވިލާއިން މީރާގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ރިސޯޓުތައްކަމަށްވާ ސަން އައިލެންޑް ރިސޯޓާއި ޕެރަޑައިސް އައިލެން އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑުން ދައުލަތަށް ދައްކަން ޖެހޭ 3،022،028 ( ތިން މިލިއަން ބާވީސް ހާސް ހަށާވީސް ) ޔޫއެސް ޑޮލަރުވެސް ދައްކާ ހަލާސްކޮސްފައިވާކަމަށް މީރާގެ ސިޓީގައި އަންގާފައިވާކަމަށެވެ. އެހެންކަމުން އެމައްސަލައަކީ ވެސް ނިމިފައިވާ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މީރާއިން ވިލާއަށް ދައުވާކޮށްފައިވަނީ އެފައިސާ އެއްފަހަރާއި ދައްކާ ހަލާސްކުރުމަށެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެކަމަށް މީގެކުރިން ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.
ހިޔާލު

ޙަވާ

ޣާސިމުގެ ދަރިފުޅު ދޫކޮށްލާ