Bengaluru FC Inn TC Ladhugannavaala Mubaaraathun Katuvaalaifi
image
ބެންގަލޫރާއި ޓީސީ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
1 ކޮމެންޓް
 

ބެންގަލޫރު އެފް.ސީން ޓީސީ ލަދުގަންނަވާލާ މުބާރާތުން ކަޓުވާލައިފި

އޭއެފްސީ ކަޕް ޕްލޭ އޮފް ދެވަނަ ލެގުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ބެންގަލޫރު އެފްސީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.
ޓީސީ އިންޑީއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށިގެން އެންމެ 12 މިނެޓު ތެރޭގައި ބެންގަލޫރު ޓީމުން ޓީސީގެ ޑިފެންސް ފޫޅައަޅުވާލާ ވަނީ ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސްޕެއިން މިޑްފިލްޑަރު ޓޮނީ ޑޮވާލޭ އެވެ. އަދި ބެންގަލޫރު މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށް 0-2 ބަދަލުކޮށްލީ ވެސް ޓޮނީ ޖެހި ލަނޑާއެކު އެވެ.

ހާފް ނިމުމުގެ ކުރިން ޓީސީ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޮސްޓްރޭލިއާ މިޑްފިލްޑަރު އެރިކް ޕާޓްލޫ އެވެ.

ދެވަނަ ހާފް ފަށައިގެން ތިން މިނިޓު ކުޅެވިފައި ވަނިކޮށް ބެންގަލޫރު ޓީމުން އަނެއްކާ ވެސް ލަނޑެއް ކާމިޔާބުކޮށް ފަރަގު ބޮޑު ކޮށްލިއެވެ. މިލަނޑު ވެސް ޖެހީ ޓޯނީ އެވެ.

މެޗުގެ 61 ވަނަ މިނިޓުގައި ޓީސީގެ ބިދޭސީ ޑިފެންޑަރު އާލާ އަލް މަގްރަބީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި އެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ކުޅެމުންދިޔައީ 10 ކުޅުންތެރިންނާއެކު އެވެ.

މެޗު ނިމެން އެއް މިނިޓެއް ވެފައި ވަނިކޮށް ބެންގަލޫރުގެ ފަހު ގޯލު ޖަހައިދިނީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ރާހޫލް ބޭކޭ އެެވެ.

ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ޓީސީ މުބާރާތުން ކެޓީ 8-2 ގެ އެގްރިގޭޓުންނެވެ.

ޓީސީ ޕްލޭ އޮފްއިން މުބާރާތާ އަލްވަދާއު ކިޔުމާއެކު މިއަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން ދިވެހި ޓީމަކަށް ފެނިގެންދާނީ ނިއު ރޭޑިއަންޓް އެކަންޏެވެ. ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ ނިއުރޭޑިއަންޓާ ބެންގަލޫރު ވާދަކުރަން ޖެހޭނެއެވެ.
ހިޔާލު

އަހުަމަދު

މޮޅު ޓީމްއަކާ ކުޅެގެން 5-0 ބަލިވުން އެއީއެއް ވެސް މައްސަލަ އެއް ނޫން. ސުރުުހީ އާއި މެދި ވިސްނާލުން ރަގަޅު. ސިޔާސީ ފިކުރު ކުޅިވަރަށް ނޫސްތަކުން ނުވައްދާ