Bandaara naibu Office ge Iss vakeelaku isthiufa dhevaifi
image
ޝަފީއާ ރިޒާ
0 ކޮމެންޓް
 

ބަންޑާރަ ނައިބު އޮފީހުގެ އިސް ވަކީލަކު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތު ޤާނޫނު އަސާސީއާއި ހިލާފަށް އިތުރު ކުރުމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް، އަމަލުކުރައްވާގޮތާއި މެދު ހިތްހަމަޖެހިވަޑައި ނުގެން، ބަންޑާރަ ނައިބު އޮފީހުގެ އިސްވަކީލަކު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވީ އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ އެވެ.

ޝާފިއާ ރިޒާ މިއަދު އިސްތިއުފާ ދެއްވި އިރު، ގާނޫނު އަސާސީއާއި ހިލާފަށް އިއުލާންކޮށްފައިވާ ކުއްލި ހާލަތު ވަގުތުން ނިމުމަކަށް ގެނައުމަށް ބަންޑާރަ ނައިބު އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި މަރިޔަމް ޝުނާނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ޝުނާނާ ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލާ ކަމުގައެވެ. ޝުނާނާވަނީ ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާއި ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފަހައްޓަން ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ބަންޑާރަ ނައިބު
ހިޔާލު