Bagaavath ge adeegai hunnevi Gasim: Minister Saeed
image
ސައީދު މިރޭގެ އިވެންޓްގައި ވާހަކަ ދައްކަވަނީ: ފޮޓޯ އަސުރުމާ
12 ކޮމެންޓް
 

ބަޣާވާތުގެ އަޑީގައި ހުންނެވީ ގާސިމް: މިނިސްޓަރު ސައީދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް ގެނައި "ބަޣާވާތުގެ" އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިންރާހިމް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަނެއްކާވެސް ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެން ނަމަވެސް ޖުމްހޫރީ ޕާޓީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވުމުން މިނިސްޓަރުކަމުގައި ހުންނެވުމަށް ނިންމަވާ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ސައީދު މިރޭ ގާސިމަށް ފާޑު ވިދާޅުވީ ހުޅުމާލޭގައި ޕީޕީއެމްއިން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

ދޭތެރެއަކުން ސައީދު ގާސިމަށް ބަހުގެ ހަމަލާތައްދެއްވާ ފާޑު ވިދާޅުވެއެވެ. އެކަމާއި ގުޅިގެން ގާސިމް އެއްފަހަރު ކުރެއްވި ޓްވިޓެއްގައިވަނީ ވަލުޖަނަވާރުންވެސް ކާންދޭ މީހާ ދަންނަ ކަމަށް ވިދާޅުވެ ނުސީދާކޮށް ސައީދަށް ބަހުގެ ހަމަލާއެއް ދެއްވާފައެވެ. ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލުން ތުހުމަތު ކުރައްވާ ގޮތުގައި ސައީދު ގާސިމަށް ފާޑު ވިދާޅުވަނީ 2018 ވަނަ އަހަރުގެ ރައީސް ޔާމީންގެ ރަނިންމޭޓްކަން ހޯއްދެވުމަށެވެ.

ސައީދު މިރޭ ވިދާޅުވީ މަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ ގާސިމް އިބްރާހިމްކަމަށާއި ރައީސް މައުމޫނަކީ ބަޣާވާތުގެ އެއް ތަނބު ކަމުގައެވެ. އަދި ދެން މިހުންނެވީ ރައީސް ނަޝީދު ކަމަށް ސައީދު ވިދާޅުވިއެވެ.

ގާސިމްގެ ސަން އައިލެންޑް ރިސޯޓްގެ މެނޭޖަރަކަށް ހުންނެވުމަށްފަހު ސައީދު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ގާސިމްގެ ކެމްޕެއިން ޓީމުގެ މެމްބަރެއްގެ ގޮތުގައެވެ. އިކޮނޮމިކް މިނިސްޓަރުކަމަށް ސައީދުގެ ނަން ހުށައެޅީ ޖުމްހޫރީ ޕާޓީންނެވެ.
ހިޔާލު

މަލިކު

މިސައީދު އުޅެނީ ވެރިކަން ދަމައިގަންނަންވެގެން. ޔާމީނު ބޮލައްއެރިގެން، ފާތުމާޔާ ވެރިކަމާ ހެދި މީނައް މިއްޮ މޮޔަވަނީ

ވެރިޔާ

ތީ އަސްލު ސިޔާސީ މީހުންނަކީ... ފަހަތަށް އެނބުރޭއިރަށް ބުރަކަށީގަ ޖަހާ ވައްތަރު... މިކަލޭގެ ވެސް ހީވޭ ރީތި ގޮތަކަށް ދާނެހެން!

އަހުމަދު

ޤާސިމަށް އެެއްޗެހި ގިނައިން ގޮވިވަރަކަށް މިއަދުގެ މަޤާމުގެ އިއްޒަތްބޮޑުވެ ހާއުފާވެރިކަން މީނައަށްލިބޭތީ ގިނަގިނައިން މިވާހަކަ ގޮވެނީކަންނޭގެ

ހައްޕު

ކާންދޭ މީހާ އަތުގައި ދަތް އެޅި ސައީދު! މޮޔަ ގޮވަނީ.

ނަޖްވާ

މީ ދެން ކާކުތަ؟ ޤާސިމު ކިޔަވާދިނީމަ، އުނު އަންނުއުނު ދިނީމަ އޭނަގެ ގައިގަ ދަތްއެޅީ! ރަށުން އައި އިރު ފައިން ދޮންވެލި ނުހިކޭ!

ގާސިމަސް ހެޔޮއެދޭ

މިވަރުގެ ލަދެއް ހަޔާތެއް ނެތް އިންސާނަކު މަ ދުވަހަކުވެސް ނުދެކެން. މާތް ﷲ މިކަލޭގެއަށް މިޔަން ދައްކަވާށި.. އާމީން

ކާކު

ހަމައެކަނި ދިވެހި ރައްޔިތަކީ މި ސައީދުތަ؟

ގާޒީ

މިވަރުގެ ގޮތެއްފޮތެއް ތަނެއްދޮރެއް ނުދަންނަ ޖާހިލަކު މަށަކުވާނުދެކެން

ބެއްޔާ

ތިޔައީ ޖަނަވާރަކަށްވުރެވެސް ގޮތެއްނެތް މިހެއް. އިން ސާ ﷲ ނިމުން ހިތިވާނެ.

ޑަސްބިން

މިކަމުގެއެންމެއަޑީގަހުރީ މިހިރަސައީދު ، އެންމެމަތީގަހުރީ އަދުރޭ . ދޭތެރެމެދުގަހުރީ ނިހާނު ، އަރިމަތީގަތިބީ މެޑަމްއާއި އާރިފު ،

ދިވެހިރައްޔިތެއް

ލަދުހަޔާތުގެ ކަންފުޅެއްވެސްނެތޭ، އަދި ތިޔަމެޑަމް އަތްޕުޅުގަ ދަތްއަޅާނެ

ޢަލިދީދީއައްޑޫސިޓީ

ޖޭޕީގެ ސްލޮޓަކުން ވަޒީރުކަން ލިބި އަދި ވާހަކަ ދައްކަން އަނގަހުޅުވި "މުއްސަނދި" ވީމަ، ތިމާ މިހިސާބަށް ގެނެސްދިނުމަށް ﷲ މެދުވެރިކުރެއްވި ފަރާތާމެދު ކުޑަވެސް ރަޙްމެއް ނެތުމަކީ، އެމީހެއްގެ އިންސާނިއްޔަތުކަމާއި އަޚްލާގާއި ކިބުރުވެރިކަމާއި ބޮޑާކަމާއި މިކަންކަން އެމީހެއްގެ ކިބައިގައި ހުރީ ކިހާވަރަކަށްކަން އެހެންމީހުނަށް ވަރަށް ރަނގަޅަށް ދައްކުވައިދޭކަމެއް.