Nilandhoo Airportge Massalaagai Hih Hama Nujehi Haleel Sarukaaraa Feah
image
ހަލީލު ރައީސް ޔާމީނާ ސަލާމް ކުރައްވަނީ---
12 ކޮމެންޓް
 

ނިލަންދޫ އެއާޕޯޓުގެ މައްސަލާގައި ހިތްހަމަ ނުޖެހި މެންބަރު ހަލީލު ސަރުކާރާ ފެއަށް

ފ.ނިލަންދޫގައި އަޅަން ސަރުކާރުން ވައުދުވި އެއާޕޯޓުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ ނިލަންދޫ ދާއިރާގެ މެންބަރު ސަރުކާރާ ފެއަށް ޖެހިވަޑައިގެންފިއެވެ. Dhiraagu
ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ކަން ވެސް ކުރައްވާ ހަލީލު އެޕާޓީގެ ކަންތައްތަކުގައި ނުޅޭތާ މިހާރު ތިން ވަރަކަށް ދުވަސްވަނީ ވެފައެވެ. ސޯޝަލް މީޑިއާގައި ސަރުކާރަށް އަމާޒުވާ ފާޑު ކިއުންތަކަށް އެންމެ ބޮޑަށް ރައްދު ދެއްވާ ހަލީލު މިމަހުގެ 21 ވަނަ ދުވަހަށްފަހު އެ މަސައްކަތް ވެސް ވަނީ ހުއްޓާލައްވާފައެވެ. ހަލީލު މާލޭގައި ވަޑައިގެން ހުންނެވި ނަމަވެސް ޕީޕީއެމުގެ ޖަގަހާގައި ބާއްވާ ޖަލްސާތަކަށް ވަޑައެއް ނުގަންނަވައެވެ. "ގައުމައްޓަކާ މަގޭ މޭ އައްޑަނަކަށް" ނަމުގައި ރޭ ބޭއްވި ޖަލްސާއަށް ވެސް ހަލީލު ވަޑައެއް ނުގަންނަވައެވެ.

ހަލީލާ އަރިސް ބޭފުޅަކު މިއަދު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ ދެން އަމަލު ކުރަންވީ ގޮތެއް ހަލީލުވަނީ ނިލަންދޫ ރައްޔިތުންގެ ތެރެއިން އިސްކޮށް އުޅޭ ބައެއް ފަރާތްތަކާ މަޝްވަރާކޮށް ސާފުކޮށްފައެވެ.

"ނިލަންދޫއަކީ ރައީސް ޔާމީނަށް ތާއީދު ބޮޑު ރަށެއް. އެކަމަކު އެއާޕޯޓުގެ މައްސަލާގައި ނިލަންދޫ އޮތީ މާޔޫސްވެފައި. ދެ އަހަރު ބަޖެޓުގައި ހިމެނި އިރު އަދި އެ މަޝްރޫއު ފަށާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. އެއާޕޯޓުގެ މަޝްރޫއު ބަޖެޓުގައި ހިމަނާތީ ނިލަންދޫގެ އިތުރު މަޝްރޫއެއް ކުރިއަށް ނުގެންދޭ. އެކަމަކު ރައްޔިތުން ތިބެނީ އެއާޕޯޓު ލިބޭތީ ހިތްހަމަ ޖެހިގެން،" ވީއެފްޕީއާއި ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ރައްޔިތުން އެންމެ ހިތްހަމަ ނުޖެހުނީ ރިޔާސީ ބަޔާން އިއްވި އިރު ބަޖެޓުގައި ނުވެސް ޖަހާ އެއާޕޯޓުތައް އަޅަން ބުނި އިރު ނެތް ނިލަންދޫ އެއާޕޯޓެއް. އެހެން ގޮތްގޮތުން ބަލާއިރު ވެސް ނިލަންދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ވެސް ހިއެއް ނުވޭ ކުރާނެހެން. ހަލީލަކީ ސަރުކާރާ ވާދަކޮށް މިނިވަން މެންބަރެއްގެ ގޮތުގައި ހޮވުނު ބޭފުޅެއް. ސަރުކާރުން ބުނާ ކަންކަން ނުކޮށްދޭ ނަމަ ހަލީލުގެ އެއްބާރުލުން ސަރުކާރަށް މުހިއްމެއް ނުވާނެ،" ވީއެފްޕީއާއި މައުލޫމާތު ހިއްސާ ކުރި ބޭފުޅާ ވިދާޅުވިއެވެ.

ނިލަންދޫގައި އެއާޕޯޓު އެޅުމަށް 2017 ވަނަ އަހަރު ވެސް މިއަހަރު ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

މި ހަބަރާއި ގުޅިގެން ހަލީލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު

ޢިސްކުުރު

މިވެސް ހާދަ ތެދުހަދާ ނޫހެކޭ ދޯ! ކަލޭމެންގެ ދުލަށް ޤަލަމަށް ހަމަ ތެދެއް ނާންނަނީތަ؟

ފަނަރަވަނަ

ތިޔަ ވާހަކަތައް ނޫހުގައި ނުޖަހަބަލަ. ތިޔައީ ދެފުށަށްކެނޑި ކެނޑިތިބެ މުނާފިޤުން.

މާޅުވެލި

އާބަދީ މަދުވީމަ ސަރުކާރަކަށް އެހާ މުހިައްމެއްނޫން ވ.މ.ފ އެއަރޕޯރޓެއް! ނަމަވެސް ކިތަންމެ އާބާދީ ކުޑަޔަސް ބޭނުންވާ އެއްޗެއް/ކަމެއް އެބައޮތް. ދުވަސް ކައިރިވީމަ އެ ހޯދަންއަންނާނެ. މީ ދެން ވަރަށް ވާހަކަ ވިސްނާބަޔަކަށް!

ޤާދިރު

އިނދިކޮޅާ ނުގުޅޭނެޔޭ ބުނީމާ ކޮމެންޓް ޖަހަން ވެސް ނުކެރުނުދޯ. ޖެހިޔަސް ނުޖެހިޔަސް އިނދިކޮޅަކާ ނުވެސް ގުޅޭނެ. އެ މީހުން ބުނާގޮތަށް ވޯޓެއް ވެސް ނުދޭނެ.

ހުސް ދޮގު

ކީކޭ،،، ޚަލީލު ދާނެތަ ޔަމީނާ ދުރަށް// އެހުރިހާ އެންމެން އެއްތަށިން ރަނގަޅަށް ކައި ނިންމައިގެންް/// ވީއިރު ދުރަށް ދެވޭނެ އެއްގޮތެއްވެސް ނޮ އޮންނާނެ/// ލަނޑަޔާ ވާނީ ލަނޑަޔަށް

ބަނީ އިސްރާއިލް

ޢަސްލު ވާ ގޮތަކީ ހައްޔަރު ކުރި ތަޒްމީލް އަކީ ތި ހަލީލް އެއްގެ ކާކުތޯ ބަލާލަބަލަ...

ޖެނެރަލް

ވެއްޓޭނެހެން ހީވާތީ ކޮޅުބަދަލުކޮށްލަން ރެޑީވަނީތަ؟ ޖެނެރަލް އަދުރޭ ކީކޭ ބުނަނީ؟

ޔޮސްރާ

ޙަލީލު ގެ ނިއްމުމަށް މަރުހަބާ

އަލިމަސް

ވަރަށް ބޮޑަށް ޝުކުރިއްޔާ

ނިލަންދޫ

ޚަލީލަކީ ނިލަންދޫ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ އިޚްލާސްތެރި ދަރިޔެއް.....

ދައްތަ

ޙަލީލު އައް ހެޔޮވިސްނުންދެއްވާށި...ޢާމީން......

Heyo

މީހަކު ބުނާހާ އެއްޗެއް ނުލިޔޭ. ތީ ހުސްދޮގު.