TC Balikoh 3 Point Aaekee New Inn Season Fashaifi
image
ލަނޑު ޖެހުމަށް ފަހު ނިއުގެ އަމީރީ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
0 ކޮމެންޓް
 

ނިއުއަށް ޓީސީ އަތުން ފަސޭހަ 3 ޕޮއިންޓު

މިއަދު މާލޭ ލީގުގައި ޓީސީ އާއި ނިއު ރޭޑިއަންޓު ބައްދަލު ކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ތިން ޕޮއިންޓާއެކީ ނިއު ރޭޑިއަންޓުން ސީޒަން ފަށައިފިއެވެ.
މި ދެޓީމު ބައްދަލު ކުރި މެޗު ނިއު ރޭޑިއަންޓުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ނިއު އަށް މެޗުގެ 43 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ އުމެއިރު އެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނިއު ލީޑުގައި އޮވެގެންނެވެ.

މެޗުގެ 73 ވަނަ މިނިޓްގައި އެ ޓީމުގެ އަހުމަދު ރިލްވާން (ބެން) އަށް ސީދާ ރަތް ކާޑެއް ދެއްކުމާއެކު އެޓީމުން ނަތީޖާ އަނބުރާލުމަށް ކުރަމުން ދިޔަ މަސައްކަތަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ.

10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޓީސީ ކޮޅަށް ނިއުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 85 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަދި ތިން ވަނަ ލަނޑާއެކު މެޗުގެ ތިން ޕޮއިންޓު ކަށަވަރު ކޮށްދިނީ އަމީރީ އެވެ.

މޮޅަކާއެކު ނިއު ލީގު ފަށާފައިވާއިރު އިއްޔެ ކުޅުނު މެޗުތަކުން ވިކްޓްރީ ބަލިިކޮށް އީގަލްސް ތިން ޕޮއިންޓު ހޯދާފައިވާއިރު ގްރީން ސްޓްރީޓްސް އާއި މާޒިޔާ ބައްދަލު ކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ހިޔާލު