Qasim Riyaasee Inthihaabuthakah Haradhukurehvee MIRA ah Dhahkan Jehey Faisaa: MP Falaah
image
އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް--
6 ކޮމެންޓް
 

"ގާސިމް އިންތިހާބުތަކަށް ހަރަދުކުރެއްވީ މީރާއަށް ދައްކަން ޖެހޭ ފައިސާއިން"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ރިޔާސީ އިންތިހާބުތަކަށް ހަރަދުކުރެއްވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ވެސްޓްޕާކް ސަރަހައްދުގައި، "ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ގެ ނަމުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުތަކުގައި ހަރަދުކުރި ފައިސާއަކީ ދިވެހި ދައުލަތަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާކަމަށެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާ ރިޔާސީ އިންތިހާބުތަކަށް ހަރަދުނުކުރިނަމަ 2000 ވޯޓުވެސް ނުލިބޭނެކަމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވިއެވެ.

"ގާސިމް އިބްރާހިމް މިދިޔަ ރިޔާސީ އިންތިޚާބު ތަކުގައި ޚަރަދުކުރި ފައިސާއަކީ ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާ އޭ. އެ ފައިސާ ޚަރަދުނުކޮށް ރިޔާސީ އިންތިޚާބަކަށް ގާސިމް އިބްރާހިމް ނުކުމެއްޖެކަމަށްވާނަމަ އޭނާއަށް 2000 ވޯޓު ވެސް މިރާއްޖެއިން ނުލިބޭނެ." ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވިއެވެ.

ފަލާހް އެފަދަ މޭރުމަކުން ވާހަކަ ދައްކާފައިމިވަނީ ވިލާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާކަމަށް ބުނެ މީރާއިން ކޯޓަށް އެމައްސަލަ މީގެކުރިން ލާފައިވަނިކޮށެވެ. އެހެންނަމަވެސް އެފައިސާ ދައްކާފައިވާކަަމަށް މީރާއިން މިމަހުގެ ތެރޭގައި ކޯޓަށް ސިޓީ ފޮނުވާފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކޮށް ފުރަތަމަ ބުރުން 2008 ވަނަ އަހަރު އަދި 2013 ވަނަ އަހަރު ގާސިމް އިބްރާހިމް ބަލިވުމުން، ދެފަހަރުވެސް ވަނީ ކޯލިޝަންއާއި ގުޅި ރައީސް ނަޝީދާއި ރައީސް ޔާމީން ހޮވުމަށް މަސައްކަތް ކޮށްދެއްވާފައެވެ.

މިމަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވިލާ ޝިޕިންގް އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި ދައްކަން ޖެހޭ ފައިސާއެއް ވާނަމަ މީރާ އިން އެކަން ހާމަ ކޮށްދިނުމަށް އެދޭ ކަމަށެވެ.
ހިޔާލު

މަންމާފުޅު އަދުރޭ

ތިކަންތިގޮތައް ވާނަމަ މަޖިލިސްއަށް ޤާސިމްކެމްޕެއިން ކޮށްގެން ހޮވުނުހުރިހާ މެމްބަރުންވެސް ހޮވިފަހުންނާނީ ތިފައިސާއިންތާ، އެހެންކަމުން އެހުރިހާމެމަބަރުން އިސްތިއުފާދިނުން ރަނގަޅު ދޮންކެޔޮބުރޯވެސް ހިމެނޭގޮތައް

މީރާ

އެހެންވީމަ ޔާަމިނަކީ ވެސް މިރާގެ ކެންޑިޑޭޓެއް. ގާސިމް ހަރަދުކޮށްގެން ގަނެފައި ތިބި ހުރިހާ އެމް.ޕީއިންނަކީ ވެސް ހަމަ މީރީގެ ބައެއް. މާދަން ޖީއެސްޓީ 12 ޕަސަންޓަށް ބޮޑު ކުރަންވާނެ.

މާމަ

ފައިސާ ދައްކަން ނެއްނަމަ ގާސިމ ފިއްލެވީ ކީވެތޯ؟

އައިންތު

ފަލާހުމެން ބޮޑެތިވެގެން އައި އިރު ދިވެހިންނަށް ރާއްޖެއެިން ބޭރުން ސިއްހީ ޚިދުމަތާއި ތައުލީމުގެ ފުރުސަތު ހޯދައިދެމުން ދިޔައީ ހަމައެކަނީ ތިބުނާ ގާސިމްގެ ފައިސާއިން ، އެކަން ކަލޯ ހަނދާނުން ފިލީބާ ؟ ރަނގަޅަށް ބަލައިފިނަމަ ފަލާހުގެ އާއިލާގެ ތެރޭގައިވެސް ގާސިމުގެ ފައިސާއިން ކިޔެވި ނޫނީ ބޭސްފަރުވާ ކުރި އެތައްބަޔަކު ތިބޭނެ. އަނގަ ނުހުޅުވާ !

އިންސާފު

ކަލޯ ގޯތި ގަތީ ވެސް ސަރުކާރުން ރައްޔަތުން ނައް ކަންކަން ކޮއްދޭން ހުރި ފައިސާ
ކޮބާ ލަދު ގާސިމު ހިނގި މަގަކުން ވެސް ކަލޯ އަށް ނުހިނގޭނެ ސަރުކާރު ބަދަލްވީމަ ތި ގަތް ގޯތި ގަނޑުވެސް އަތުން ބީވާ ތަން ދުނިޔޭގަ ތިބި ބަޔަކައް ފެނިގެން ދާނެ އިންޝާﷲ

ކަލީމް

ކަލޯ ނޭގޭ ވާހަކަ ނުދައްކާ މެޑަމްގެ ޕާސަލް ބަންދުކުރަން ދޭބަލަ